ގެދޮރުވެރިޔާ ފްލެޓްތަކުގެ ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުގެ ފުރުސަތު ހުޅުވާލައިފި

ގެދޮރުވެރިޔާ ފްލެޓްތަކުގެ ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުގެ ފުރުސަތު ހުޅުވާލައިފި

Author
ޙަސަން މުޙައްމަދު
07 ސެޕްޓެމްބަރ 2025 05:51
0

ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ތަރައްޤީކުރި 4،000 ފްލެޓް ހަވާލުކުރުމުގެ މަސައްކަތް ފެށުމަށްޓަކައި ސެކިއުރިޓީ ޑިޕޮސިޓް ބަލައިގަތުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ފަށައިފި އެވެ. މި މަޝްރޫއަކީ ފާއިތުވި ސަރުކާރުން ފެށި މަޝްރޫއެކެވެ.

މިހާރު އެފްޑީސީން ކުރަމުން އަންނަނީ ފްލެޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުން ތައްޔާރުކޮށް ސޮއިކުރުމުގެ މަސައްކަތެވެ. އެއްބަސްވުމުގައި ސޮއިކޮށް ނިމުނު ފަރާތްތަކަށް މިއަދު އެފްޑީސީން އަންގާފައިވަނީ ސެކިއުރިޓީ ޑިޕޮސިޓް ދެއްކޭނެ ކަމަށެވެ. އެ ފަރާތްތަކަށް ފޮނުވި މެސެޖުގައި ވަނީ، އެއްބަސްވުމުގައިވާ ގޮތަށް ޔުނިޓް ހަވާލުކުރުމުގެ ކުރިން ދައްކަންޖެހޭ ސެކިއުރިޓީ ޑިޕޮސިޓް އެފްޑީސީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް މިހާރު ދެއްކޭނެ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ތަރައްޤީކުރި ދެ ކޮޓަރީގެ އެޕާޓްމަންޓެއް ކުއްޔަށް ދޭނީ މަހަކު 8،000 ރުފިޔާ އަށެވެ. މި އަދަދުގެ ތެރޭގައި މެއިންޓެނަންސް ފީ އެއްގެ ގޮތުގައި 1،000 ރުފިޔާ ހިމެނެ އެވެ. މި ބާވަތުގެ އެޕާޓްމަންޓަކަށް ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ދައްކަންޖެހޭނީ 15،000 ރުފިޔާ އެވެ.

ތިން ކޮޓަރީގެ އެޕާޓްމަންޓްތަކުގެ މަހު ކުލި ކަނޑައެޅިފައިވަނީ 11،000 ރުފިޔާ އަށެވެ. މީގެ ތެރޭގައި މެއިންޓެނަންސް ފީގެ ގޮތުގައި 1،500 ރުފިޔާ ހިމެނިފައިވާނެ އެވެ. މި ބާވަތުގެ އެޕާޓްމަންޓަކަށް ސެކިއުރިޓީ ޑިޕޮސިޓް އަދާކުރަން ޖެހޭނީ 25،000 ރުފިޔާ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.