ހދ. ކުޅުދުއްފުށީގެ ޓޫރިޒަމް ދާއިރާ ތަރައްޤީކުރުމަށް ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްލޭނެއް އެކުލަވާލައިދޭނެ ކޮންސަލްޓެންސީ ފަރާތެއް ހޯދުމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން އަލުން އިއުލާނެއް ކޮށްފިއެވެ.
މި އިއުލާނާ ގުޅޭ ގޮތުން މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން މިމަހުގެ 16 ވަނަ ދުވަހުގެ ހެނދުނު 10:30 ގެ ކުރިން ކައުންސިލަށް އީމެއިލް މެދުވެރިކޮށް ސުވާލުތައް ފޮނުވުމަށް ކައުންސިލުން އެދިފައިވެއެވެ. މި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކުން މިމަހުގެ 17 ވަނަ ދުވަހުގެ ހެނދުނު 10:30 ގެ ކުރިން ރަޖިސްޓްރީވާންޖެހޭނެ ކަމަށް ވެސް ކައުންސިލުން ބުނެފައިވެއެވެ.
ބިޑު ހުށަހެޅުމަށް ހަމަޖެހިފައިވަނީ އަންނަ 18 ސެޕްޓެމްބަރު 2025 ވަނަ ދުވަހު ކުޅުދުއްފުށި ސިޓީ ކައުންސިލް އިދާރާގެ ޖަލްސާ ކުރާ މާލަމުގައެވެ. މި ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. އަދި ކޮންމެ ފަރާތަކަށް ވެސް ހުށަހެޅޭނީ ހަމައެކަނި އެއް ބިޑެކެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ކުޅުދުއްފުށި ސިޓީ ކައުންސިލުން މީގެ ކުރިން ވެސް މިފަދަ ކޮންސަލްޓެންސީ ހިދުމަތެއް ހޯދުމަށް އިއުލާނެއް ކޮށްފައިވާ ކަމެވެ. ނަމަވެސް އެ އިއުލާން މިދިޔަ ޖުލައި މަހުގެ 30 ވަނަ ދުވަހު ބާތިލުކޮށްފައިވެއެވެ. މިހާރު ކޮށްފައިވާ އިއުލާނަކީ އެކަމަށް ކުރާ ދެވަނަ އިއުލާނެވެ.
ކޮމެންޓު ފޮނުވާ