ވިނލިގިލީ ޒުވާނުންނަށް ބޮޑު ޓާފްދަނޑެއް، ފުޓްސަލް ދަނޑުގައި ޓާފް ނާޅާނެ: މަހުލޫފް

ވިނލިގިލީ ޒުވާނުންނަށް ބޮޑު ޓާފްދަނޑެއް، ފުޓްސަލް ދަނޑުގައި ޓާފް ނާޅާނެ: މަހުލޫފް

Author
މުޙައްމަދު ޝަޒައިމް
06 ޖެނުއަރީ 2021 12:22
0

ގއ.ވިލިގނިލީ ޒުވާންނަށް ބޮޑު ފުޓުބޯޅަ ދަނޑުގައި ޓާފްއެޅުމުގެ މަސައްކަޔް ކުރަމުންދާއިރު، ބޮޑު ދަނޑު އެޅުމަށް ނިންމާފައިވާތީ ފުޓްސަލް ދަނޑު ޓާފަށް ބަދަލު ނުކުރުމަށް ނިންމާފައިވާކަމަށް ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަޚުލޫފް ވިދާޅުވެއްޖެއެވެ.

ވިލިނގިލީގައި ކުރީ ސަރުކާރުން އަޅާފައިވާ ފުޓްސަލް ދަނޑުގައި ބަޔަކު ރޯކޮށްލުމާއި ގުޅިގެން އެދަނޑުގައި ޓާފް އަޅާފާނެތޯ ކުރެވޭ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ މަހުލޫފް ވިދާޅުވީ ބޮޑު ދަނޑު އަޅަން ނިންމާފަވާތީ ފުޓްސަލް ދަނޑު ޓާފަށް ބަދަލު ނުކުރާނެކަން ކައުންސިލަށް ވާނީ އެންގިފައި ވާނެކަމަށެވެ.

ދަނޑުގެ މަސައްކަތް ލަސްވެފައިވަނީ ކޯވިޑް-19 އާއި ގުޅިގެން ކަމަށާއި، ނަމަވެސް މިހާރު މަސައްކަތް ފެށި ދަނޑު ނިންމުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. މިނިސްޓަރ ވިދާޅުވީ ވިލިގިނލީ ފުޓްސަލް ދަނޑުގައި ޓާފް ނާޅައި ބޮޑު ދަނޑެއް ހަދާއިރު، ދެން މަސައްކަތް ކުރާނީ އެހެން ރަށަކަށް ޓާފް ދަނޑެއްގެ ފުރުސަތު ދިނުމަށް ކަމުގައެވެ.

ވިލިނގިލީގައި ބޮޑު ދަނޑު އެޅުމުގެ މަސައްކަތް ދަނީ ކުރިޔަށް. ލަސްވީ ކޮވިޑާއި ސަބް ބޭސް ރަނގަޅުކުރަން ޖެހުމުން. ބޮޑު ދަނޑު އަޅަން ނިންމާފަވާތީ ފުޓްސަލް ދަނޑު ޓާފަށް ބަދަލު ނުކުރާނެކަން ކައުންސިލަށް ވާނީ އެންގިފައި. އެއީ އެހެން ރަށްރަށަށް ފުރުސަތު ދިނުމަށް.

– މަޚުލޫފް ވިދާޅުވިއެވެ.

މިދިޔަ އަންގާރަ ދުވަހުގެ ރޭ ވިލިނގިލީ ފުޓްސަލް ދަނޑުގައި ބަޔަކު ވަނީ ރޯކޮށްލާފައެވެ. މި ދަނޑު ރޯކޮށްލީ ދަނޑުގައި އަޅާފައި އޮތް މެޓުގެ ބަދަލުގައި ޓާފް އަޅައި ނުދީގެން އެކަމާ ނުރުހުން ފާޅުކުރުމުގެ ގޮތުން ކަމަށް ބައެއް މީހުން އަންނަނީ ބުނަމުންނެވެ. ނަމަވެސް އަމިއްލަ ރަށުގައި، ރަށުގައި ތިބޭ ޒުވާނުން ކުޅެން ސަރުކާރުން ގާއިމްކުރާ މިފަދަ ވަސީލަތްތަކުގައި ހުޅުޖަހައި އެންދުމުން އެކަމުގެ ނޭދެވޭ އަސަރު އެއިރެއްގައި އޮންނަ ސަރުކާރަކަށް ކުރާނެކަމަށް ދެކި މިފަދަ ކަންކަން ކުރުމަކީ ވަރަށް ދެރަ ކަމެއްކަމަށް ގިނަ ބަޔަކު ދެކެއެވެ.

ރަށްރަށުގައި ގާއިމްކުރެވޭ މިފަދަ ވަސީލަތްތަކަކީ ސަރުކާރުގެ އެއިރެއްގައި ހުންނަވާ ވަޒީރެއް ނޫނީ، އެއިރެއްގައި އޮންނަ ސަރުކާރުގެ އިސްވެރިން ކުޅެންދާ ދަނޑުތަކަށް ނުވާއިރު، މިފަދަ ކަންކަމުން އަމިއްލަ ރަށަށް ވާނެ ގެއްލުމަކާއިމެދު މިފަދަ ކަންކަން ކުރާ ކޮންމެ ބަޔަކުވެސް ވިސްނާލުމަކީ މުހިންމު ކަމެއްކަމަށް ގިނަ ބަޔަކު ދެކެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.