މީހެއްގެ އަބުރު ކަތިލާ ނުވަތަ ޢީބަ ބުނެފިނަމަ، އެއް އެއްޗެއް ފެތުރޭހާ ހިނދަކު އެކަމުގެ ފާފަ ލިބިލިބި ހުންނާނެ: ޚުޠުބާ

މީހެއްގެ އަބުރު ކަތިލާ ނުވަތަ ޢީބަ ބުނެފިނަމަ، އެއް އެއްޗެއް ފެތުރޭހާ ހިނދަކު އެކަމުގެ ފާފަ ލިބިލިބި ހުންނާނެ: ޚުޠުބާ

Author
ހުސައިން
15 އޮގަސްޓް 2025 01:08
0

މީހެއްގެ އަބުރު ކަތިލާ، ނުވަތަ ޢީބަ ބުނުން ކަމުގައި ވާނަމަ، އެއް އެއްޗެއް ފެތުރޭހާ ހިނދަކު އެކަމުގެ ފާފަ އެމީހަކަށް ލިބިލިބި ހުންނާނެ ކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

"އަބުރު ޙިމާޔަތްކުރުން" މިމައުޟޫއަށް ޚާއްސަ ކުރެވުނު މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވީ އެއީ ވަރަށް ބިރުވެރި ކަމެއް ކަމަށާއި، އެކަމުގެ ސަބަބުން ގިޔާމަތްދުވަހު އެމީހަކު ވާހުށީ ބަގުރޫޓުވެފައިވާ މީހެއްގެ ގޮތުގައި ކަމުގައެވެ.

މުސްލިމް އަޚުންނޭވެ! އިސްލާމްދީން ގޮވާލަނީ މީހުންގެ ޢައިބުތައް ވަންހަނާ ކުރުމަށެވެ. މީހަކު ފަޟީހަތް ކޮށްފި މީހާ ދަންނާށެވެ! އޭނާގެ ކަންކަން ﷲ ސުބުޙާނަހޫވަތަޢާލާ ފަޟީހަތް ކުރައްވާ ހުއްޓެވެ. އެއީ އޭނާ ގެއަށް ވަދެ ފިލައި އޮތްކަމުގައިވި ނަމަވެސްމެއެވެ.

މިއަދުގެ ޚުޠުބާގައި ވިދާޅުވެފައިވެއެވެ.

ޚުޠުބާގައި ވިދާޅުވީ އިސްލާމްދީންވަނީ އިންސާނާގެ އަބުރު ރައްކައުތެރިކޮށް ދެއްވާ ހިމާޔަތް ކޮށްދެއްވާފައި ކަމުގައެވެ. އަދި މީހުންގެ އައިބުތައް ހޯދައި އެ މީހުން ފަޟީހަތްކުރުން އިސްލާމްދީ ނަހީކޮށްފައިވާކަމަށްވެސް ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.

ﷲ ސުބުޙާނަހޫވަތަޢާލާއީ އަޅުތަކުންގެ ކުށްފާފަތައް ވަންހަނާ ކުރެއްވުމަށް ލޯބިވެވޮޑިގަންނަވާ އަދި އެ ގޮތަށް އަމަލުކުރާން އެންގެވި ރަސްކަލާނގެއެވެ. ދަންނާށެވެ! ޖަޒާ ދެއްވުންވަނީ އެ އަމަލެއް ކުރި ފަދައިންނެވެ. މީހެއްގެ ކުށްތައް ވަންހަނާކޮށް އަބުރު ރައްކައުތެރި ކޮށްދީފިނަމަ މީހާގެ ކުށްތައް، މާތްﷲ ދުނިޔެއާއި އާޚިރަތުގައިވެސް ވަންހަނާކޮށް ދެއްވާނެތެވެ.

މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.