އަދުރޭގެ މަންމާފުޅު ނިޔާވެއްޖެ

އަދުރޭގެ މަންމާފުޅު ނިޔާވެއްޖެ

Author
މުޙައްމަދު ޝަޒައިމް
06 ޖެނުއަރީ 2021 08:10
0

އިދިކޮޅު ކޯލިޝަނުން ވަނީ އެކޯލިޝަން ހިންގުމާއި ޙަވާލުވެ ހުންނެވި ޕީއެސްސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ މަންމާފުޅު ދެމިއޮތުމުގެ ޢާލަމަށް ދަތުރު ކުރެއްވުމާއި ގުޅިގެން އެމަނިކުފާނާއި ޢާއިލާއަށް ތަޢުޒިޔާ ދަންނަވާފައެވެ.

އެކޯލިޝަނުން ނެރުނު ބަޔާނެއްގައި ނުބެފައިވަނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމާއި ޙަވާލުވެ ހުންނެވި ޕީއެސްސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ގެ ލޮބުވެތި މަންމާފުޅު އަދި ޕީ.ޕީ.އެމް. ގެ ކައުންސިލް މެންބަރު އިބްރާހީމް ފައިސަލްގެ މާމަފުޅު މަރްޔަމް އަޙްމަދު، (ލ. ފޮނަދޫބަނަފްސާގެ) ރޭގެ ފަތިހުގެ ވަގުތެއްގައި ދެމިއޮތުމުގެ ޢާލަމަށް ދަތުރު ކުރެއްވި ޚަބަރު މިކޯލިޝަންގެ އެންމެހާ މެންބަރުން އެއީ ވަރަށްވެސް ފުން ހިތާމައާއި އަސަރާއިއެކުގައި ކަމުގައެވެ.

މަރްޙޫމާ މަރިޔަމް އަޙްމަދު ގެ ފުރާނަފުޅަށް މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ރަޙްމަތް ލައްވާ، ފާފަ ފުއްސަވާ، ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި. އާމީން.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމާއި ޙަވާލުވެ ހުންނެވި ޕީއެސްސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި އެމަނިކުފާނުގެ ޢާއިލާއަށް ކުރިމަތިވެފައިވާ ފުން ހިތާމައިގައި މިކޯލިޝަންގެ އެންމެހާ މެންބަރުން ބައިވެރިވެ، އެމަނިކުފާނާއި އެމަނިކުފާނުގެ ޢާއިލާއަށް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި މިކޯލިޝަންގެ ލީޑާރޝިޕާއި، ކައުންސިލް މެންބަރުންނާއި، ޕާލަމަންޓްރީ ގްރޫޕްގެ މެންބަރުންނާއި އަދި މިކޯލިޝަނަށް ނިސްބަތްވާ ދެ ޕާޓީގެ އެންމެހާ މެންބަރުންގެ ނަމުގައި ތަޢުޒިޔާ ދަންނަވާ، ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރެއްވުން އެދި ވަނީ ދުޢާ ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.