ގާޒާ ސިޓީގެ އަލް-ޝިފާ ހޮސްޕިޓަލުގެ މައި ގޭޓު ބޭރުގައި ޖާނަލިސްޓުން ތިބި ޓެންޓަކަށް އާދިއްތަ ދުވަހުގެ ހަވީރު ދިން ހަމަލާގައި ހަތް މީހަކު ޝަހީދުވިއެވެ. މީގެ ތެރޭގައި އަލް ޖަޒީރާގެ ރިޕޯޓަރ މުޙައްމަދު ޤުރައިޤާ އާއި ކެމެރާ އޮޕަރޭޓަރުން އިބްރާހީމް ޒާހިރު، މުޙައްމަދު ނައުފަލް އަދި މުއަމިން އަލީވާ ހިމެނެއެވެ.
ޝަހީދުވުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން، އުތުރު ގާޒާއިން ފުޅާ ދާއިރާއެއްގައި ރިޕޯޓްކުރަމުން އައި މަޝްހޫރު 28 އަހަރުގެ އަލް ޖަޒީރާ އަރަބިކް ރިޕޯޓަރ އަލް-ޝަރީފް، އެކްސް (ޓްވިޓަރ) ގައި ލިޔުއްވީ އިސްރާއީލުން ގާޒާ ސިޓީގެ ޝަރުޤީ އަދި ޖަނޫބީ ސަރަޙައްދުތަކަށް ވަރަށް ބާރަށް ބޮމް އަޅަމުންދާ ކަމަށެވެ – މިއީ "ފަޔަރ ބެލްޓްސް" ގެ ނަމުން މަޝްހުރުވެފައިވާ ސަރަހައްދެކެވެ.
އޭނާގެ އެންމެ ފަހު ވީޑިއޯގައި، އިސްރާއީލުގެ ބާރު މިސައިލް ހަމަލާތަކުގެ އަޑު ބެކްގްރައުންޑްގައި އިވެމުން، އަންދިރި އޯރެންޖް ކުލައިގެ ދުމުގެ އަލިކަމުން އަލިވަމުންދާ މަންޒަރު ފެނެއެވެ.
އޭނާގެ އެންމެ ފަހު މެސެޖުގައި، އެޕްރިލް 6 ގައި ލިޔެފައިވާނީ، އޭނާ މަރުވެއްޖެ ނަމަ ޝާއިޢުކުރުމަށް ތައްޔާރުކޮށްފައިވާ މެސެޖުގައި އަލް-ޝަރީފް ބުނެފައި ވެއެވެ: "އަހަރެން ވޭނުގައި ހުރިހާ މަންޒަރެއް ދެކެމުން ދިރިއުޅުނީމެވެ" އަދި "ހިތާމަ އާއި ގެއްލުން ތަކުރާރުކޮށް ތަޖުރިބާކުރީމެވެ".
"އެކަމަކުވެސް، ހަޤީޤަތް އޮޅުވާލުމެއް ނެތި، ތަފާތު ކުރުމެއް ނެތި ހަގީގަތް ފޯރުކޮށްދިނުމަށް އަހަރެން އެއްވެސް ފަހަރަކު ފަސް ނުޖެހެމެވެ، އުއްމީދަކީ ދުނިޔޭގައި ތިބި މީހުންނާއި، އަހަރެމެން މަރާލުން ޤަބޫލުކުރި މީހުންނާއި، އަހަރެމެންގެ ނޭވާ ހުއްޓުވާލި މީހުންނަށް ﷲ ހެކިވެވަޑައިގަތުމެވެ" އޭނާ ވިދާޅުވިއެވެ.
"އަހަރެމެންގެ ކުޑަކުދިންނާއި އަންހެނުންގެ ބޮޑެތި ޒަޚަމްތަކުން ފުރިފައިވާ ހަށިތަކުން ވެސް އެމީހުންގެ ހިތްތައް ނުފުރުނެވެ، އަދި އަހަރަކަށްވުރެ ގިނަ ދުވަސްވަންދެން އަހަރެމެންގެ ރައްޔިތުން ދިމާވެފައިވާ ޤަތުލުޢާންމު ހުއްޓުވައެއް ނުލެވުނެވެ."
އިސްރާއީލުން ޝަހީދުކޮށްލި ރިޕޯޓަރ މީގެކުރިން ވަނީ އޭނާގެ އަނބިމީހާ ބަޔާން ދޫކޮށްފައި ދާންޖެހުނު ކަމާއި، އޭނާގެ ފިރިހެން ދަރިފުޅު ސަލާޙް އާއި އަންހެން ދަރިފުޅު ޝާމް ބޮޑުވާ ތަން ނުފެނުނު ކަމުގެ ހިތާމަ ވެސް ފާޅުކުރެއްވިއެވެ.
އަލް ޖަޒީރާ މީޑިއާ ނެޓްވޯކުން ނެރުނު ބަޔާނެއްގައި "މިއީ ނޫސްވެރިކަމުގެ މިނިވަންކަމަށް ދިން ހަމަލާއެއް ކަމަށާއި، މިއީ ކުރިން ރާވާފައިވާ ހަމަލާއެއް" ބުނެ މި ޖަރީމާ ކަމަށް ކުށްވެރިކޮށްފައި ވެއެވެ.
ކޮމެންޓު ފޮނުވާ