ސޮވަރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރި ފައިސާގެ އަދަދު އެއް ބިލިޔަން ރުފިޔާއަށް

ސޮވަރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރި ފައިސާގެ އަދަދު އެއް ބިލިޔަން ރުފިޔާއަށް

Author
ހުސައިން
07 އޮގަސްޓް 2025 02:58
0

މިއަހަރުގެ މިހާތަނަށް ސޮވަރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) އަށް ޖަމާކުރި ފައިސާގެ އަދަދު އެއް ބިލިޔަން ރުފިޔާއަށް ވުރެ އިތުރުވެއްޖެއެވެ. މިކަން ހާމަވެފައިވަނީ މާލީ ކަންތައްތަކާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ނެރެފައިވާ ތަފާސް ހިސާބުތަކުންނެވެ.

މާލީ ވުޒާރާއިން އާންމުކޮށްފައިވާ 'ވީކްލީ ފިސްކަލް ޑިވޮލޮޕްމެންޓް' ރިޕޯޓުގައިވާ ގޮތުން، 2023 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެސްޑީއެފްއަށް 1.18 ބިލިޔަން ރުފިޔާ ވަނީ ޖަމާކޮށްފައެވެ. މިއީ 2022 ވަނަ އަހަރުގެ މި މުއްދަތުގައި ޖަމާކުރި 784 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 51.6 އިންސައްތައިގެ އިތުރުވުމެކެވެ.

އެސްޑީއެފްއަށް ޖަމާކުރާ ފައިސާ އިތުރުވެފައިވާއިރު، ދައުލަތުގެ ދަރަނި އަދާކުރުމަށް ކުރާ ހޭދަވެސް ވަނީ އިތުރުވެފައެވެ. މިގޮތުން އަހަރުގެ މިހާތަނަށް ދައުލަތުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށް 3.5 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލޯނު އަދާކުރުމަށް ހޭދަކުރި 1.6 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 127.8 އިންސައްތައިގެ އިތުރުވުމެކެވެ.

ސޮވަރިން ޑިވެލޮޕްމަންޓް ފަންޑަކީ ކުއްލި ހާލަތްތަކުގައި ބޭނުންކުރުމަށާއި، ތަރައްޤީގެ މަޝްރޫޢުތަކަށް ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމަށާއި، އިޤްތިޞާދަށް ކުރިމަތިވެދާނެ ލޮޅުންތަކުން ލިބޭ ގެއްލުން ފޫބެއްދުމަށް ސަރުކާރުން ޤާއިމުކޮށްފައިވާ ފަންޑެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.