ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުއްތަމަ ފަނޑިޔާރުގެ މަގާމަށް އަބްދުލްގަނީ މުހައްމަދު އައްޔަންކުރެއްވުމަށް އޭނާގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ. މި ނިންމުން ނިންމެވީ ޖުޑިޝަލް ސާވިސް ކޮމިޝަނުން ދެއްވި މަޝްވަރާގެ މަތިންނެވެ.
ޖޭއެސްސީން ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާ ދެއްވާފައިވަނީ، އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން އަބްދުލްގަނީ މުހައްމަދަކީ އެ މަގާމަށް އެންމެ އެކަށީގެންވާ ފަރާތް ކަމުގައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި މައްސަލަ ތަފްސީލުކޮށް ދިރާސާކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީއަށް ފޮނުވުމަށް ނިންމާފައިވެއެވެ. ކޮމިޓީން އަބްދުލްގަނީގެ ޝަރުތުތައް ފުރިހަމަވޭތޯ ބަލައި، އޭނާ އިންޓަވިއުކުރުމަށްފަހު ރިޕޯޓެއް އެކުލަވާލައި މަޖިލީހުގެ ތަޅުމަށް ހުށަހަޅާނެއެވެ.
އުއްތަމަ ފަނޑިޔާރުކަމުގެ މަގާމު ހުސްވެފައިވަނީ މިދިޔަ ޖުލައި މަހުގެ 21 ވަނަ ދުވަހު އަހްމަދު މުއުތަސިމް އަދުނާން ފަނޑިޔާރުކަމުގެ މަގާމުން ރިޓަޔާ ކުރެއްވުމުންނެވެ.
ކޮމެންޓު ފޮނުވާ