ވޭމަންޑޫއަށް ދިޔަ "އަލްމަޖްރާ" ދޯނި ދިއްގިރި ކައިރީ ފަރަށް އަރައިފި

ވޭމަންޑޫއަށް ދިޔަ "އަލްމަޖްރާ" ދޯނި ދިއްގިރި ކައިރީ ފަރަށް އަރައިފި

Author
ހުސައިން
03 އޮގަސްޓް 2025 01:50
0

މާލެއިން ފުރައިގެން ތ.ވޭމަންޑޫއަށް ދަތުރުކުރި "އަލްމަޖްރާ" ނަމަކަށް ކިޔާ ދޯންޏެއް މިއަދު ފަތިހު ދިއްގިރި ކައިރީ ފަރަށް އަރައިފިއެވެ.

ފުލުހުންގެ މައުލޫމާތުގައިވާ ގޮތުން މި ހާދިސާގެ ރިޕޯޓު ލިބުނީ ފަތިހު 5:34 ގައެވެ. ވ.އަތޮޅު ފުލުހުން ވަގުތުން ހާދިސާ ހިނގި ސަރަހައްދަށް ދިޔުމުން، ދޯނީގައި ދަތުރުކުރި ތިން ފަރާތް ހާލުގައި ޖެހި ފަރުމަތީގައި ތިބި ތަން ފެނިފައިވެއެވެ.

ދޯނީގައި ތިބީ ބަންގްލަދޭޝްގެ ރައްޔިތަކާއި ދެ ދިވެހިންނެވެ. މި ތިން ފަރާތް ފުލުހުންގެ ލޯންޗަށް އަރުވައި، ފެލިދޫއަށް ގެންދެވިފައިވާއިރު، އެމީހުންގެ ޞިއްޙީ ހާލަތު ރަނގަޅުކަމަށް ފުލުހުން ހާމަކުރެއެވެ.

ދޯނި އަޑިއަށް ދިޔުމުން، ދޯނީގައި ގިނަ އަދަދެއްގެ ޕީވީސީ ފިލާއާއި އެނޫންވެސް ބައެއް ތަކެތި ހުރިކަން ފާހަގަކުރެވިފައިވެއެވެ. މި ތަކެތި ކަނޑުގައި އޮޔާދާ ފުރުޞަތު އޮތުމުން، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ.

މިހާރު މިވަނީ މޫސުން ގޯސްވެފައިވާ ދުވަސްވަރަކަށް ވެފައިވާތީ، ކަނޑު ދަތުރުތައް ކުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދައި، ރައްކާތެރިކަމާއެކު ދަތުރުކުރުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އަންގާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.