ނޯތު ހާބަރު ސަރަހައްދު ބޮޑުކުރުމަށްފަހު އުޅަނދުފަހަރުން ފީ ނެގުމަށް އެމްޕީއެލްއިން ނިންމައިފި

ނޯތު ހާބަރު ސަރަހައްދު ބޮޑުކުރުމަށްފަހު އުޅަނދުފަހަރުން ފީ ނެގުމަށް އެމްޕީއެލްއިން ނިންމައިފި

Author
ހުސައިން
02 އޮގަސްޓް 2025 03:14
0

މާލޭ ނޯތު ހާބަރު ސަރަހައްދު މަސްމާރުކޭޓާ ހަމައަށް ފުޅާކޮށް، އެ ސަރަހައްދުގައި ބަނދަރުކުރާ އުޅަނދުފަހަރުން ފީ ނެގުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނިންމައިފިއެވެ.

ކުރިން ލޯކަލް މާރުކޭޓް ކުރިމަތީގައި ފެށިގެން މަސްމާރުކޭޓާ ދޭތެރޭގެ ސަރަހައްދު ބެލެހެއްޓެމުން ދިޔައީ މާލޭ ސިޓީ ކައުންސިލުންނެވެ. ނަމަވެސް ޓްރާންސްޕޯޓް މިނިސްޓްރީން މި ސަރަހައްދު މާލޭ ސިޓީ ކައުންސިލްގެ ބާރުގެ ދަށުން ނެގުމަށްފަހު އެމްޕީއެލްއާ ޙަވާލުކޮށްފައިވެއެވެ. މިހާތަނަށް އެމްޕީއެލްއިން ބަލަހައްޓަމުން ދިޔައީ ހަމައެކަނި ނޯތު ހާބަރު ސަރަހައްދެވެ.

އެމްޕީއެލްގެ ފަރާތުން ހާމަކޮށްފައިވާ ގޮތުގައި، މި ސަރަހައްދުގައި ޚިދުމަތް ހޯދަން ބޭނުންވާ އުޅަނދުފަހަރުން މާލޭ ނޯތު ހާބަރުގައި ރަޖިސްޓަރީ ކުރަންޖެހޭނެއެވެ. މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ބަނދަރުގެ ޚިދުމަތްތައް ލިބޭނީ ރަޖިސްޓަރީކޮށްފައިވާ އުޅަނދުފަހަރަށް އެކަނި ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި ސަރަހައްދުގައި ދޯނިފަހަރަށް ޚިދުމަތް ދިނުމުގައި މާލޭ ނޯތު ހާބަރުގެ ރަސްމީ އުސޫލުތަކާއި ޓެރިފްތަކާ އެއްގޮތަށް ޢަމަލުކުރާނެ ކަމަށް އެމްޕީއެލްއިން ވަނީ އަންގާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.