އެއްލައިދޫ ރިސޯޓް މުވައްޒަފު މަރާލި މައްސަލަ ސާބިތެެއް ނުވި

އެއްލައިދޫ ރިސޯޓް މުވައްޒަފު މަރާލި މައްސަލަ ސާބިތެެއް ނުވި

Author
ހުސައިން
31 ޖުލައި 2025 10:11
0

އދ. އެއްލައިދޫ ރިސޯޓުގައި 2019 ވަނަ އަހަރު ސްރީ ލަންކާ މުވައްޒަފަކު ވަޅި ޖަހާ މަރާލި މައްސަލައިގައި ތުހުމަތުކުރެވުނު ޖަޔަލަތު ކޮޑިއަޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާ (42) ގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

2019 ޖެނުއަރީ 10 ވަނަ ދުވަހު ހިނގި މި ހާދިސާގައި މަރުވީ ސްރީ ލަންކާގެ ޕަތުމް ދިލްޝަން ޑި ސިލްވާ އަގަމްޕޮޑި (24) އެވެ. ރިސޯޓުގެ ކިޗަންގައި ބިސްގަނޑެއް އަޅައިދިނުމާ ގުޅިގެން ދެމީހުންގެ ދެމެދުގައި ހިނގި ޚިލާފަކަށްފަހު، ޕަތުމް ދިލްޝަންއަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ ވަނީ ހަމަ އެރޭ ރިސޯޓް ކްލިނިކުގައި ނިޔާވެފައެވެ.

ޖަޔަލަތު ޕެރޭރާ ފުލުހުންގެ ތަހުގީގުގައި އިއުތިރާފުވި ނަމަވެސް، ޝަރީއަތުގައި އޭނާ ވަނީ ގަސްތުގައި މަރާލުމަށް އެއްވެސް ހަމަލާއެއް ދީފައިނުވާ ކަމަށް ބުނެ އިންކާރުކޮށްފައެވެ.

ކޯޓުން ފާހަގަކޮށްފައިވަނީ، މެރުމުގެ ގަސްދުގައި ހަމަލާދިން ކަން ސާބިތުކުރެވޭ މިންވަރަށް ހެކި ހުށަހެޅިފައިނުވާ ކަމަށާއި، މި މައްސަލައިގައި ލޮލަށް ފެނުނު ހެކިވެރިން ޝަރީއަތަށް ހާޒިރުކޮށް ހެކިބަސް ނަގާފައިނުވާ ކަމަށެވެ. އަދި މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށް ޖަޔަލަތު ދިން އިއުތިރާފް ބަޔާނަކީ އިޖުރާއަތާ އެއްގޮތަށް ނަގާފައިވާ ބަޔާނެއް ނޫންކަމަށާއި، އޭނާގެ ވަކީލެއް ބައިވެރިނުވެ، ތަރުޖަމާ ފުރިހަމަނުވާތީ އެ ހެއްކަށް ބުރަދަން ނުދެވޭނެ ކަމަށް ކޯޓުން ނިންމާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.