ކާށިދޫ ކަނޑަށް އިންޖީނު ހުއްޓުނު "ލައިފްލައިން" ބޯޓު ކަފުޖަހައިގެން ނައިފަރަށް ގެންދަނީ

ކާށިދޫ ކަނޑަށް އިންޖީނު ހުއްޓުނު "ލައިފްލައިން" ބޯޓު ކަފުޖަހައިގެން ނައިފަރަށް ގެންދަނީ

Author
ހުސައިން
30 ޖުލައި 2025 05:20
0

ކާށިދޫ ކަނޑަށް އިންޖީނު ހުއްޓުނު "ލައިފްލައިން" ބޯޓު، އެހެން އުޅަނދެއްގައި ކަފުޖަހައިގެން ނައިފަރަށް ގެންދިޔުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެމްއެންޑީއެފުން ހާމަކޮށްފި އެވެ.

އެމްއެންޑީއެފުން ބުނީ މާލެއިން ފުރައިގެން ޅ.ނައިފަރަށް ދަތުރުކުރި "ލައިފްލައިން" ނަމަކަށް ކިޔާ ބޯޓެއް، ކާށިދޫގެ އިރުން އިންޖީނު ހުއްޓުމާ ގުޅިގެން، އެ އުޅަނދުގައި ތިބި މީހުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން ޅ.ނައިފަރަށް ގެންގޮސްދީފައިވާ ކަމަށެވެ.

40 މީހުންނާ އެކު މާލެއިން ފުރައިގެން ޅ.ނައިފަރަށް ދަތުރުކުރަމުން ދަނިކޮށް އިންޖީނު ހުއްޓި ހާލުގައި ޖެހިގެން މި ބޯޓުން އެމްއެންޑީއެފް ކޯސްޓްގާޑުގެ އެހީތެރިކަމަށް އެދިފައިވަނީ މިއަދު ހެނދުނު 08:15 ހާއިރުއެވެ.

އެގޮތުން ހާދިސާގެ މަޢުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްްޓްގާޑު ފަސްޓް ސްކޮޑްރަންގެ ދެ ހާބަރކްރާފްޓް ލޯންޗާއި، އެމްއެންޑީއެފް ގަލްފްކުރާފްޓް ލޯންޗެއް ވަނީ އެ ސަރަހައްދަށް ގޮސް ހާލުގައި ޖެހުނު ބޯޓަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށާއި އޭގައި ތިބި މީހުންގެ ތެރެއިން 9 ކުޑަކުދިންނާއި، 6 އަންހެނުން އަދި 10 ފިރިހެނުން، އެމްއެންޑީއެފް ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ހާބަރކްރާފްޓް ލޯންޗާއި، ކޯސްޓްގާޑުގެ ގަލްފްކްރަފްޓް ލޯންޗުގައި ވަނީ މިއަދު 13:10 ހާއިރު ޅ.ނައިފަރަށް ގެންގޮސްދީފައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަފި މި އެންމެންގެ ހާލު ވެސް ރަނގަޅުކަމަށް ވަނީ ބުނެފައި އެވެ.

އެމްއެންޑީއެފުން އިތުރުަށް ބުނީ އިންޖީނު ހުއްޓުނު "ލައިފްލައިން" ބޯޓު، އެހެން އުޅަނދެއްގައި ކަފުޖަހައިގެން ނައިފަރު ބަނދަރަށް ވެއްދުމަށް ދަނީ ދަތުރުކުރަމުން ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.