ރަޝިއާގެ އިރުމަތީ ސަރަހައްދުތަކަށް އައި ބާރުގަދަ ބިންހެލުމަކަށްފަހު ގިނަ ގައުމުތަކަށް ސުނާމީގެ އިންޒާރު ނެރެފި

ރަޝިއާގެ އިރުމަތީ ސަރަހައްދުތަކަށް އައި ބާރުގަދަ ބިންހެލުމަކަށްފަހު ގިނަ ގައުމުތަކަށް ސުނާމީގެ އިންޒާރު ނެރެފި

Author
ހުސައިން
30 ޖުލައި 2025 09:55
0

ރަޝިޔާގެ ދުރު އިރުމަތީ ކަނޑު ސަރަޙައްދަށް އައި 8.7 މެގްނިޓިއުޑްގެ ވަރަށް ބޮޑު ބިންހެލުމަކަށްފަހު، ރަޝިޔާ، ޖަޕާން އަދި އެމެރިކާގެ ބައެއް ސަރަޙައްދުތަކަށް ސުނާމީ އިންޒާރު ނެރެފިއެވެ.

ބީބީސީގެ ނިއުސްޑޭ ޕްރޮގްރާމަށް ކުޑައިރުކޮޅެއް ކުރިން ވާހަކަދައްކަމުން، ހަވާއީ ޔުނިވަރސިޓީގެ ޖިއޮފިޒިކްސް އެންޑް ޓެކްޓޮނިކްސް ޑިވިޜަންގެ އެސިސްޓަންޓް ޕްރޮފެސަރ ހެލެން ޖެނިޒެވްސްކީ ވިދާޅުވީ، މިއަދު އައި ބިންހެލުމަކީ ރެކޯޑުކުރެވިފައިވާ،ދުނިޔޭގެ ތާރީޚުގައި އައި އެންމެ ބޮޑު 10 ބިންހެލުމުގެ ތެރޭގައި ހިމެނޭ ބިންހެލުމެއް ކަމަށެވެ. ޔޫއެސް ޖިއޮލޮޖިކަލް ސަރވޭގެ މަޢުލޫމާތުގައިވާ ގޮތުން، 8.8 މެގްނިޓިއުޑްގެ މި ބިންހެލުމަކީ ތާރީޚުގައި 6 ވަނައަށް އެންމެ ބޮޑު ބިންހެލުން ކަމަށާއި، މިއީ 2010 ގައި ޗިލީގެ ބިއޯބިއޯގައި ހިނގި ބިންހެލުމާއި، 1906 ގައި އެކުއަޑޯރުގެ އެސްމެރަލްޑާސްގައި ހިނގި ބިންހެލުމާ އެއްވަރުގެ ބިންހެލުމެއް ކަމުގައެވެ.

ޔޫއެސްޖީއެސް އިން ޗިލީގެ ބިންހެލުމާ ބެހޭގޮތުން ބުނެފައިވަނީ، "ކިރިހުއޭ ސިޓީގެ ކައިރީގައި ކަނޑުގެ ތެރޭގައި ހިނގި މި ބާރުގަދަ ބިންހެލުމުގައި 523 މީހުން މަރުވެ، 370،000 އަށްވުރެ ގިނަ ގެދޮރު ހަލާކުވި" ކަމަށެވެ.

އެކުއަޑޯރުގެ ބިންހެލުމާ ބެހޭގޮތުން ބުނެފައިވަނީ، "އެކުއަޑޯރު-ކޮލޮމްބިއާ ބިންހެލުން ކަމަށް ކިޔާ މި ބިންހެލުމުން ބާރުގަދަ ސުނާމީއެއް އުފެދި، 1،500 މީހުން މަރުވެ، އުތުރަށް ސަން ފްރާންސިސްކޯއާ ހަމައަށް ސުނާމީ ފޯރި" ކަމަށެވެ.

ޝައުޤުވެރި ކަމަކީ، 5 ވަނައަށް އެންމެ ބޮޑު ބިންހެލުން ވެސް، މިއަދު ހިނގި ބިންހެލުން ފަދައިން، ރަޝިޔާގެ ކަމްޗަޓްކާ ކްރައިގައި ހިނގި ކަމެވެ. އެއީ 1952 ގައި ހިނގި ބިންހެލުމެއް ކަމަށާއި، އެއީ "ދުނިޔޭގައި ރެކޯޑުކުރެވުނު މެގްނިޓިއުޑް 9 ގެ ފުރަތަމަ ބިންހެލުން" ކަމަށް ވެއެވެ.

މި ބިންހެލުމުން "ބޮޑު ސުނާމީއެއް އުފެދި، ހަވާއީއަށް ފޯރާ، 1 މިލިއަން ޑޮލަރަށްވުރެ ގިނަ ގެއްލުން ލިބުނު" ކަމަށް ވެއެވެ.

ފަތްސީލު އަންނަނީ..

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.