މިލިއަނެއްހާ ރުފިޔާ ދައްކަން މައުމޫންގެ މައްޗަށް ހުކުމް ކޮށްފި

މިލިއަނެއްހާ ރުފިޔާ ދައްކަން މައުމޫންގެ މައްޗަށް ހުކުމް ކޮށްފި

Author
ހުސައިން
28 ޖުލައި 2025 09:19
0

މޯލްޑިވްސް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރުމޫންގެ މައްޗަށް އިސްލާމިކް ބޭންކުން ކުރި މަދަނީ ދައުވާއެއްގައި އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ކޯޓުން ހުކުމް ކޮށްފިއެވެ.

ރިޝްވަތު ހިފުމުގެ ހަތް ދައުވާއެއް އުފުލި ޝަރީއަތް މިހާރު ކުރިއަށްދާ މައުމޫންގެ މައްޗަށް މި ހުކުމް އިއްވާފައިވަނީ، އިސްލާމިކް ބޭންކް މެދުވެރިކޮށް ގަނެފައިވާ ރެހެންދި ފްލެޓެއްގެ ފައިސާ ނުދެއްކުމުންނެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި މޯލްޑިވް ގޭސްގެ އެމްޑީ ކަމުގައި ހުންނެވި މައުމޫން ގަނެފައިވާ މި ފްލެޓުގެ އަގަކީ 2.25 މިލިއަން ރުފިޔާއެވެ. ނަމަވެސް އޭގެ ތެރެއިން މިހާތަނަށް ނުދައްކައި އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ބާކީ އޮތްކަން ކޯޓުން ކުރި ހުކުމުން ވަނީ ސާފުވެފައެވެ.

މި މަދަނީ މައްސަލާގެ ހުކުމް އިއްވުމާއެކު، މައުމޫންގެ މައްޗަށް ކުރިއަށްދާ ޖިނާއީ މައްސަލަތަކަށް ވެސް ސަމާލުކަން ބޮޑުވެފައިވެއެވެ. އޭނާގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ހިފުމުގެ ކުށުގެ ހަތް ދައުވާ ސާބިތުވެއްޖެނަމަ ގާތްގަނޑަކަށް 22 އަހަރު ދުވަހުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އޮތްކަމަށް ގާނޫނީ ދާއިރާތަކުން ބުނެއެވެ.

ކޯޓުން މި ހުކުމް އިއްވާފައިވަނީ މިދިޔަ ހަފްތާގައި ކަމަށްވާއިރު، މި ފައިސާ ދައްކަން ދީފައިވާ މުއްދަތަކީ ހަ މަސް ދުވަހެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.