ފޭކް އެކައުންޓު ހަދައިގެން ޓުވިޓާގައި ދާމަކެނޑުމައްވުރެ، އަނބިމީހާގެ ބިއްދަށަށް އަރާ ނިދިއްޔާ މާ ރަނގަޅުވާނެ ކަމަށް މަޝްހޫރު ފިލްމީ ކޮމޭޑިއަން އަހުމަދު ޝާޒު (ތަޖޫ) ބުނެފިއެވެ.
ވަކި މީހެއްގެ ނަން ބޭނުން ނުކޮށް ތަޖޫ ކޮށްފައިވާ މި ޓްވީޓުގައި ބުނެފައިވަނީ ޓުވިޓާގައި ފޭކް އެކައުންޓުތައް ހަދައިގެން ވަގަސް ފިލައިތިބެ ޓްވީޓްކޮށް ހެދުމަކީ ވަރަށް ފިޑި އަމަލެއްކަމަށެވެ. އަމިއްލަ މީހާގެ މޫނު ފޮރުވައިގެން އިނދެ، ދަމާ ކަނޑާ އުސޫލުން އުޅުމަށްވުރެ، އަމިއްލަ އަންހެނުންގެ ބިއްދަށަށް ވަދެ ނިދަން އޮތުންވެސް މާ ރަނގަޅުވާނެކަމަށެވެ.
ފޭކް އެކައުންޓު ހަދައިގެން މޫނު ފޮރުވައިގެން ޓްވިޓާގައި ދަމާކަނޑަން އުޅުމަށްވުރެ، އަނބިމީހާގެ ބިއްދަށަށް އަރާ ނިދިއްޔާ މާ ރަނގަޅުވާނެ.
– ތަޖޫ ބުނެފައިވެއެވެ.
Fake account hadhaigen moonuforuvaigen Twitter gai dhamaakandan ulhumahvure anbimeehaage biddhashah araa nidhiyyaa maarangalhuvaane.
— Ahmed Shaz (Thajoo) (@shaazthajoo) January 5, 2021
ތަޖޫ މިހެން ބުނެފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ނިސްބަތްކޮށް ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. މަޖިލިސް ޗުއްޓީއަށް ދިޔަފަހުން ރައީސް ނަޝީދު ގެންގުޅުއްވާ ފޭކް އެކައުންޓް (އެލްކެސް ޓްވިޓާ) ގެ އެކައުންޓުން ދަނީ ދޭތެރެ ދޭތެރެއިން ޓްވީޓްކޮށް، ތަފާތު ޚިޔާލުތައް ފާޅު ކުރަމުންނެވެ. ސަރުކާރަށް ފަޑުކިޔުމާއި، ސިޔާސީ ބޭފުޅުންނަށް ރައްދު ދިނުމާއި، މިނޫންވެސް ބައެއް ތަފާތު ޓްވީތުތައް މި އެކައުންޓުން ދަނީ ކުރައްވަމުންނެވެ.
ތުވިޓާގައި އެލްކްސްގެ އެކައުންޓުން ރައީސް ނަޝީދު ދައްކަވާ ވާހަތަކަށް ސިޔާސީ ގިނަ ބޭފުޅުންނާއި، ދީނީ އިލްމުވެރިންވެސް ރައްދު ދެއްވައެވެ. ރައީސް ނަޝީދުގެ ފޭކް އެކައުންޓާއި ގުޅިގެން މިހާތަނަށް އެމަނިކުފާނު އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވެއެވެ.
ކޮމެންޓު ފޮނުވާ