ނ. ފޮއްދޫގެ ސިއްހީ މަރުކަޒާއި ޕޮލިސް ސްޓޭޝަނާއި ބަނދަރު އަދި ފިޓްނަސް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

ނ. ފޮއްދޫގެ ސިއްހީ މަރުކަޒާއި ޕޮލިސް ސްޓޭޝަނާއި ބަނދަރު އަދި ފިޓްނަސް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

Author
ހުސެއިން
23 ޖުލައި 2025 02:24
0

ނ. ފޮއްދޫގެ ސިއްހީ މަރުކަޒާއި ޕޮލިސް ސްޓޭޝަނާއި ބަނދަރު އަދި ފިޓްނަސް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މި ހަތަރު މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު ފޮއްދުއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތުތަކުގައެވެ.

އެގޮތުން ފޮއްދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ ބިންގާ ހެލްތު މިނިސްޓަރު އަބުދުﷲ ނާޒިމް އިބްރާހިމް އަޅުއްވައިދެއްވި އިރު، އެރަށު ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅުއްވައިދެއްވީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާންއެވެ. ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އަޅުއްވައިދެއްވި އިރު، ބަނދަރުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބުއެވެ.

ނ. ފޮއްދޫ ސިއްހީ މަރުކަޒުގެ މަސައްކަތް 26.8 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއެެވެ.

ޕްލޭނިން މިނިސްޓްރީން ފޮއްދޫ ބަނދަރު ހެދުމުގެ މަސައްކަތް ވެސް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.

ފޮއްދޫ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 49.77 މިލިއަން ރުފިޔާއަށް 390 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ފޮއްދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން 30،648 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަރު ބޭސިން ފުންކުރުމާއި 3،990 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި 165 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި 145 މީޓަރުގެ ބޭރުތޮށި ލުން ހިމެނެއެވެ. އަދި 130 މީޓަރުގެ އެއްގަމުތޮށި ލުމާއި 125 މީޓަރު ދިގު ހަ މީޓަރު ފުޅާ ޖެޓީއެއް ހެދުމާއި 600 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުން ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.