އިސްލާމިކް މިނިސްޓްރީން މާލެ ސަރަހައްދުގައި ދެ ވަޤުފް އިމާރާތެއް ބިނާކުރުމަށް ކޮންޓްރެކްޓަރުން ހޯދުމުގެ މަސައްކަތް ފަށައިފި އެވެ. މި ދެ އިމާރާތަކީ މާލޭގައި ބިނާކުރާ ދާރުލް އަރްޤަމް އާއި ހުޅުމާލޭގައި ބިނާކުރާ ދާރުލް ސަލާމް އެވެ.
މާލޭގައި ބިނާކުރާ ދާރުލް އަރްޤަމް އިމާރާތް ބިނާކުރުމަށް ކަނޑައަޅާފައިވާ ތަނަކީ ހެންވޭރުގެ 64 ނަންބަރު ކޮށީ އެވެ. އަދި ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ލޮޓް ނަންބަރު 11646 ގައި ދާރުލް ސަލާމް އިމާރާތް ބިނާކުރުމަށް ހަމަޖެހިފައިވެ އެވެ.
މި ދެ ވަޤުފް އިމާރާތް ބިނާކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން އޮގަސްޓް 21 ވަނަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން އަންދާސީ ހިސާބު ހުށަހަޅަން ޖެހެއެވެ.
އިސްލާމިކް މިނިސްޓްރީން ފާހަގަކުރި ގޮތުގައި ދާރުލް ސަލާމް އިމާރާތް ބިނާކުރުމަށް މީގެ ކުރިންވެސް ކޮންޓްރެކްޓަރުން ހޯދުމަށް އިޢުލާނުކޮށްފައިވެ އެވެ. މި ދެ ވަޤުފް އިމާރާތަކީ ދީނީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ޚާއްޞަކުރެވިފައިވާ އިމާރާތްތަކެވެ.
ކޮމެންޓު ފޮނުވާ