އަމިއްލަ ޚަރަދުގައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާ ފަރާތްތަކަށް 1000 ޑޮލަރު ބޭންކުތަކުން ލިބޭނެގޮތް ހަމަޖައްސައިފި

އަމިއްލަ ޚަރަދުގައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާ ފަރާތްތަކަށް 1000 ޑޮލަރު ބޭންކުތަކުން ލިބޭނެގޮތް ހަމަޖައްސައިފި

Author
ހުސައިން
21 ޖުލައި 2025 10:01
0

 

ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދަތުރުކުރާ ފަރާތްތަކަށް ޑޮލަރު ހޯދުމުގެ ދަތިކަން ކުޑަކުރުމަށް ސަރުކާރުން އާ ސިޔާސަތެއް އިއުލާން ކޮށްފިއެވެ. ރައީސް ޑރ. މުހައްމަދު މުޢިއްޒު ނިންމެވި ގޮތުގައި، އަމިއްލަ ޚަރަދުގައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާ ފަރާތްތަކަށް 1000 ޑޮލަރު ބޭންކުތައް މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަށް ވަނީ ނިންމަވާފައެވެ.

މި ނިންމެވުން ތަންފީޒުކުރެވޭނީ އޮގަސްޓު މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. އެކްސް ޕްލެޓްފޯމްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވިދާޅުވީ، މި ފުރުސަތު ލިބިދިނުމަކީ ބޭސްފަރުވާއަށް ބޭރަށްދާ ފަރާތްތަކަށް ޑޮލަރު ހޯދުމުގައި ދިމާވާ ދަތިކަން ލުއިކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.

މި ނިންމެވުމާއެކު އަންނަ މަހުން ފެށިގެން އެންސްޕާ ޕޭޝަންޓުންނަށް ވެސް ބޭންކުތަކުން 2000 ޑޮލަރާ ހަމައަށް ލިބޭނެ ގޮތް ހަމަޖެހިގެންދާނެއެވެ. މިހާތަނަށް މި ޚިދުމަތް ލިބެމުން އައީ އާސަންދަ ޕޭޝަންޓުންނަށް އެކަންޏެވެ. އާސަންދަ ޕޭޝަންޓުންނަށް މިހާރުވެސް ބޭންކު ރޭޓުގައި 2000 ޑޮލަރާ ހަމައަށް ބޭންކުތައް މެދުވެރިކޮށް ޑޮލަރު ގަތުމުގެ ފުރުސަތު ލިބެމުން ދެއެވެ.

ސަރުކާރުން މި ނިންމެވުމަކީ ބޭސްފަރުވާއަށް ބޭރަށް ދަތުރުކުރަންޖެހޭ ފަރާތްތަކަށް ޑޮލަރު ހޯދުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މި އިންތިޒާމުގެ ދަށުން އަމިއްލަ ޚަރަދުގައި ބޭސްފަރުވާއަށް ދާ ފަރާތްތަކަށް ބޭންކު ރޭޓުގައި ޑޮލަރު ލިބުމުން، ކަޅުބާޒާރުން އަގުބޮޑުކޮށް ޑޮލަރު ގަންނަންޖެހޭ ދަތިކަމުން އަރައިގަތުމަށް މަގުފަހިވެގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.