ކެނދިކުޅުދޫގައި އެމްޓީސީސީގެ އާރުޓީއެލް ބަހުގެ ޚިދުމަތް ރައީސް ފައްޓަވައިދެއްވައިފި

ކެނދިކުޅުދޫގައި އެމްޓީސީސީގެ އާރުޓީއެލް ބަހުގެ ޚިދުމަތް ރައީސް ފައްޓަވައިދެއްވައިފި

Author
ހުސައިން
21 ޖުލައި 2025 05:13
0

އެމްޓީސީސީގެ އާރުޓީއެލް ބަހުގެ ޚިދުމަތް ނ. ކެނދިކުޅުދޫގައި މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި ޚިދުމަތް ރަސްމީކޮށް ފައްޓަވާ ދެއްވީ ނ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި ކެނދިކުޅުދޫއަށް ވަޑައިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.

ކެނދިކުޅުދޫގައި އާރުޓީއެލްގެ ފަރާތުން ޚިދުމަތްދޭނީ ދެ ބަހެވެ. އޭގެ ތެރޭގައި 30 މީހުންގެ ޖާގައިގެ ބަހަކާއި 72 މީހުންގެ ޖާގައިގެ ބަހެއް ހިމެނެއެވެ. މި ދެ ބަސް މެދުވެރިކޮށް ރަށުގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ފަސޭހަތައް ލިބިގެންދާނެއެވެ.

އެމްޓީސީސީގެ ފަރާތުން ރާއްޖޭގެ މީހުން ދިރިއުޅޭ ބޮޑެތި ރަށްރަށާއި ސިޓީތަކުގައި ބަހުގެ ޚިދުމަތް ފޯރުކޮށްދޭ ސިލްސިލާގެ ތެރެއިން، ކެނދިކުޅުދޫއަށް މި ޚިދުމަތް ފޯރުކޮށްދިނުމަކީ ރަށުގެ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ލުއިފަސޭހައެކެވެ. މި ޚިދުމަތް ފެށުމުން ރަށުގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާވެ، ރައްޔިތުންނަށް ފަސޭހަކަމާއެކު ދަތުރުކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.