މަޑަވެލި ސަރަހައްދުގައި ބަންޑުން ޖެހި ޑިންގީއެއްގައި ދަތުރުކުރި ދެ މީހުން ސަލާމަތް ކޮށްފި

މަޑަވެލި ސަރަހައްދުގައި ބަންޑުން ޖެހި ޑިންގީއެއްގައި ދަތުރުކުރި ދެ މީހުން ސަލާމަތް ކޮށްފި

Author
ހުސައިން
19 ޖުލައި 2025 09:04
0

ގދ. މަޑަވެލި ކައިރީގައި ބަންޑުން ޖަހާލި ޑިންގީއެއްގައި ދަތުރުކުރަމުން ދިޔަ 40 އަހަރާއި 66 އަހަރުގެ ދިވެހި ދެ ފިރިހެނުން ސަލާމަތްކޮށްފައިވެއެވެ.

އިއްޔެ ހެނދުނު 8:39 ގައި ޑިންގީއެއް އޮޔާދިޔަ ކަމަށް ބުނެ ރިޕޯޓް ކުރުމުން، ފުލުހުންނާއި ސިފައިންގެ ސާޗް ޓީމްތަކުން ވަނީ އެ ސަރަހައްދުގައި ފުޅާ ދާއިރާއެއްގައި ހޯދުމުގެ މަސައްކަތް ފަށާފައެވެ.

ސާޗް އޮޕަރޭޝަން ކުރިއަށް ދަނިކޮށް، ސިފައިންނަށް ބެހިފައިވާ އިތުރު ޑިންގީއެއް އެ ސަރަހައްދުން ފެނުމުން، އެ ޑިންގީން ވަނީ މަޑަވެލި އަށް އެނބުރި ދިޔުމަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

ގެއްލިފައިވާ ޑިންގީ ހޯދުމަށް ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، އިއްޔެ ހެނދުނު 11:04 ގައި ފުލުހުންގެ ސާޗް ޓީމަށް ވަނީ އެ ޑިންގީ ބަނޑަށް ޖެހިފައިވަނިކޮށް ހޯދާފައެވެ.

ޑިންގީގައި ދަތުރުކުރި ދެ މީހުން ސަލާމަތުން ތިބި ކަމަށާއި، އެ ދެ މީހުންގެ ޞިއްޙީ ހާލަތު ރަނގަޅު ކަމަށް ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.