ގެއްލިފައިވާ ޙަސަން ޔާމީން ރާއްޖެއިން ބޭރަށް ގޮސްފައިނުވާކަން ފުލުހުން ކަށަވަރު ކޮށްދީފި

ގެއްލިފައިވާ ޙަސަން ޔާމީން ރާއްޖެއިން ބޭރަށް ގޮސްފައިނުވާކަން ފުލުހުން ކަށަވަރު ކޮށްދީފި

Author
ހުސައިން
18 ޖުލައި 2025 07:46
0

މާލޭގައި ދިރިއުޅޭ ގ. ގާރނެޓް، ޙަސަން ޔާމީން (30) ގެއްލިފައިވާތާ ދުވަސްތަކެއް ވެފައިވާއިރު، އޭނާ ރާއްޖެއިން ބޭރަށް ދަތުރުކޮށްފައި ނުވާކަމަށް ކަމާބެހޭ އިދާރާތަކުން ކަށަވަރުކޮށްދީފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ޖުލައި 11 ވަނަ ދުވަހުގެ ރޭ 9:25 ހާކަން ހާއިރު ޙަސަން ޔާމީން ގެއިން ނުކުމެ ދިޔުމަށްފަހު އާއިލާއަށް ޚަބަރެއް ނުވެ ގެއްލިފައިވާކަމަށް ބުނެ، ޖުލައި 14 ގައި އޭނާގެ އާއިލާއިން ފުލުހުންނަށް މައްސަލަ ހުށަހެޅިއެވެ.

މައްސަލަ ރިޕޯޓުކުރުމާއެކު ފުލުހުން ވަނީ ގެއްލިފައިވާ މީހުންގެ މަޢުލޫމާތު ފޯމު ފުރައި، ކަމާގުޅޭ ހުރިހާ ބަޔަކަށް މަޢުލޫމާތު ފޯރުކޮށްދީ، ތަޙުޤީޤު ފަށާފައެވެ. މިގޮތުން ގިނަ ސީސީޓީވީ ފުޓޭޖުތައް ބަލައި ދިރާސާކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ފުލުހުން ބުންޏެވެ.

އާއިލާގެ އެއްބާރުލުމާއެކު ޙަސަން ޔާމީން ދިރިއުޅުނު ތަން ބަލައި ފާސްކުރިއިރު، ކުށެއްގެ އަމަލެއް ހިންގާފައިވާކަމުގެ ނިޝާނެއް ފެނިފައިނުވާކަމަށާއި، އެޕާޓްމަންޓަށް އެއްވެސް ބަދަލެއް އައިސްފައި ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ޙަސަން ޔާމީން ހޯދުމަށް ފުލުހުން ކުރެވެން އޮތް ހުރިހާ މަސައްކަތެއް މެދުނުކެނޑި ކުރަމުންދާކަމަށް ބުނެ، އޭނާއާ ބެހޭ މަޢުލޫމާތެއް އެނގޭ ފަރާތަކުން ފުލުހުންގެ ހޮޓްލައިން 3322111 ނުވަތަ ހެންވޭރު ޕޮލިސް ސްޓޭޝަން 9400053 އަށް ގުޅައި މަޢުލޫމާތު ހިއްސާކުރުމަށް އެދިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.