ރާއްޖޭގެ މަސްވެރިކަމުގެ ތަރައްޤީއަށް އިނގިރޭސި ވިޔަފާރިތަކުގެ ބައިވެރިވުން މުހިންމު: ރައީސް

ރާއްޖޭގެ މަސްވެރިކަމުގެ ތަރައްޤީއަށް އިނގިރޭސި ވިޔަފާރިތަކުގެ ބައިވެރިވުން މުހިންމު: ރައީސް

Author
ހުސައިން
18 ޖުލައި 2025 10:41
0

ވިލުންތެރި އިޤްތިޞާދެއް ބިނާކުރުމުގެ ރާއްޖޭއިން ކުރާ މަސައްކަތުގައި އިނގިރޭސި ވިޔަފާރިތަކަށް މުހިންމު ދައުރެއް އަދާކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އިނގިރޭސިވިލާތުގެ ބިޒްނަސް ފޯރަމްގައި ރައީސް ވިދާޅުވީ 60 އަހަރު ފުރުމާއި ގާތްވެފައިވާ ދެ ޤައުމުގެ ގުޅުމަކީ ވަރަށް ބަދަހިވާ ގުޅުމެއްކަމަށެވެ.

ރާއްޖޭގެ މައި ދެ ސިނާޢަތްކަމުގައި ވާ ދަތުރުވެރިކަމާއި މަސްވެރިކަމުގެ ތަރައްޤީއަށް އިނގިރޭސިވިލާތުގެ ދައުރު ބޮޑުކަން ރައީސް ފާހަގަކުރެއްވިއެވެ. ރާއްޖެއަށް އެންމެ ގިނައިން ދަތުރުވެރިން އަންނަ ޤައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް ހިމެނޭ ކަމާއި މިދިޔަ އަހަރު އެކަނިވެސް ޔޫކޭއިން 180،000 އަށްވުރެ ގިނަ ދަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިކަން ރައީސް ހާމަކުރެއްވިއެވެ.

ރާއްޖޭގައި ހުރި އިޤްތިޞާދީ ފުރުޞަތުތަކަށް އިންވެސްޓްކުރުމުގެ ދަޢުވަތު އިނގިރޭސި ވިޔަފާރިތަކަށް ރައީސް ދެއްވާފައިވާނެއެވެ. ކްރިއޭޓިވް އިންޑަސްޓްރީ، އިންފްރާސްޓްރަކްޗަރ ތަރައްޤީ، އިންސާނީ ވަސީލަތް ތަރައްޤީ އަދި ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ދާއިރާތަކުން ފުރުޞަތުތައް ފުޅާވެއްޖެކަން ރައީސް ވަނީ ފާހަގަކުރެއްވާފައެވެ.

2030 އަހަރަށް ދާއިރު އުފެއްދުންތެރިކަމުގެ ސިނާޢަތް ޖީޑީޕީގެ 15 އިންސައްތަ ޙިއްސާކުރުވަނީ ސަރުކާރުގެ ޢަމާޒަކަމަށް ރައީސް ވިދާޅުވިއެވެ. މަސްވެރިކަމުގެ ސިނާއަތުގައި މެރިކަލްޗަރ ފަދަ ޒަމާނީ ގޮތްތައް ގެންނަން ބޭނުންވާކަމާއި ސަރުކާރުގެ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭކަން ރައީސް ހާމަކުރެއްވިއެވެ. ރާއްޖޭގެ ކުރިމަގު ބިނާކުރުމުގައި ޕްރައިވެޓް ސެކްޓަރ ވަރަށް މުހިންމު ރޯލެއް އަދަކުރަން ޖެހޭކަމާއި، ފޮރިން އިންވެސްޓްމަންޓް ޤާނޫނާއެކު އިންވެސްޓަރުންނަށް ރައްކާތެރިކަން ކަށަވަރުވެގެންދިއުމާ ވިޔަފާރީގެ އުސޫލުތައް ހަރުދަނާވުމުގެ މުހިންމުކަމުގެ މައްޗަށްވެސް ރައީސް އަލިއަޅުވާލެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.