ވިނަރެސްގެ ޓަވަރަކުން ވެއްޓުނު 18 އަހަރުގެ ޒުވާނާ ނިޔާވެއްޖެ

ވިނަރެސްގެ ޓަވަރަކުން ވެއްޓުނު 18 އަހަރުގެ ޒުވާނާ ނިޔާވެއްޖެ

Author
ހުސައިން
17 ޖުލައި 2025 11:44
0

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސްގެ 8 ވަނަ ޓަވަރުން ވެއްޓުނު 18 އަހަރުގެ ދިވެހި ޒުވާނަކު މިއަދު ނިޔާވެއްޖެއެވެ.

ހުޅުމާލެ ހޮސްޕިޓަލުން މަޢުލޫމާތު ދެއްވިގޮތުގައި، މި ހާދިސާ ހިނގި ވަގުތު ޒުވާނާ ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް ނިޔާވެފައިވާކަމަށް ޑޮކްޓަރުން ކަނޑައެޅުއްވިއެވެ. އޭނާ ހޮސްޕިޓަލަށް ގެންދެވުނީ މިއަދު ހަވީރު 4:30 ހާއިރުގައެވެ.

ހޮސްޕިޓަލުގެ ފަރާތުން އިތުރަށް ވިދާޅުވިގޮތުގައި، ޒުވާނާ ހޮސްޕިޓަލަށް ގެންދެވުމާއެކު ފަރުވާދޭން މަސައްކަތްކުރި ނަމަވެސް، އެވަގުތު އޭނާގެ އެއްވެސް ހަރަކާތެއް ނެތްކަމަށް ފާހަގަކުރެވުނެވެ.

މި ހާދިސާއާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދެއްވި މަޢުލޫމާތުގައި، ނިޔާވި ޒުވާނާއަކީ 18 އަހަރުގެ ދިވެހި ފިރިހެނެއްކަމަށާއި، އޭނާ ވެއްޓުނީ ވިނަރެސްގެ 8 ވަނަ ޓަވަރުން ކަމަށް ވިދާޅުވިއެވެ.

މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލްތައް ހާމަކުރެވިފައި ނުވާއިރު، މިވަގުތު ފުލުހުން ދަނީ މައްސަލަ ތަޙްޤީޤުކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.