މޯލްޑިވްސް މެރިން ރިސާޗް ސެންޓަރާއި މޯޓޭ މެރިން ލެބް ގުޅިގެން، ގްލޯބަލް ފިންޕްރިންޓް ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ ކަނޑުތަކުގައި އުޅޭ ފަރުމަސް، މިޔަރު އަދި މަޑިގެ އާބާދީ ދެނެގަތުމަށް މާލެ އަތޮޅުގައި ކުރި ޚާއްޞަ ސާވޭއެއް އިއްޔެ ނިންމާލައިފިއެވެ.
ފިޝަރީޒް މިނިސްޓްރީން ހާމަކުރި ގޮތުގައި، މި މަހުގެ 3 ވަނަ ދުވަހު ފެށުނު މި ސާވޭގައި ބެއިޓްޑް ރިމޯޓް އަންޑަވޯޓާ ވީޑިއޯ ސިސްޓަމްސް (ބީއާރުޔޫވީއެސް) ގެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން މަސައްކަތް ކުރިއަށް ގެންގޮސްފައިވެއެވެ.
މި ސާވޭގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ސަރަޙައްދުގައި އުޅޭ ފަރުމަހުގެ އާބާދީގެ އިތުރުން، މިޔަރާއި މަޑި ފަދަ މުހިންމު ކަނޑުގެ ދިރޭ ތަކެތީގެ އާބާދީ ދެނެގަތުމެވެ. މި މަޢުލޫމާތުތަކަކީ ރާއްޖޭގެ ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށާއި ރައްކާތެރިކުރުމަށް ވަރަށް މުހިންމު މަޢުލޫމާތުތަކެކެވެ.
ކޮމެންޓު ފޮނުވާ