މާލެއިން ގެއްލިގެން ފުލުހުން ހޯދަމުންދާ ގ.ގާރނެޓްގައި ދިރިއުޅޭ ހަސަން ޔާމީން (އުމުރުން 30 އަހަރު) އަދިވެސް ފެނިފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ. ޖުލައި 11 ވަނަ ދުވަހުގެ ރޭ 21:25 ހާއިރު ގެއިން ނުކުމެގެން ދިޔަތާ ހަފުތާއެއް ވެއްޖެއެވެ.
ޔާމީންގެ އާއިލާއިން އޭނާ ގެއްލިގެން ދިޔަކަން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ތިން ދުވަސް ފަހުން، ޖުލައި 14 ވަނަ ދުވަހުގެ ރޭ 20:30 ހާއިރުއެވެ. އޭނާ ގެއިން ނުކުމެގެން ދިޔަފަހުން އެއްވެސް ޚަބަރެއް ނުލިބި، އާއިލާ ކަންބޮޑުވެގެން ފުލުހުންނަށް މައްސަލަ ހުށަހެޅިކަމަށް ފުލުހުން މައުލޫމާތު ދިނެވެ.
ފުލުހުން ވިދާޅުވީ ޔާމީން ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާކަމަށާއި، އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތަކުން 3322111 ނުވަތަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9400053 އަށް ގުޅައިގެން އެ މައުލޫމާތު ހިއްސާކޮށްދިނުމަށް އެދޭކަމަށެވެ. މި މައްސަލައިގައި އެއްބާރުލުން ދިނުމަށް ފުލުހުން އާންމުންނަށް އިލްތިމާސްކުރެއެވެ.
ކޮމެންޓު ފޮނުވާ