ސްކޭމް ކޮށްގެން ފައިސާ ނެގުމުގެ 12 މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ހައްޔަރު ކޮށްފި

ސްކޭމް ކޮށްގެން ފައިސާ ނެގުމުގެ 12 މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ހައްޔަރު ކޮށްފި

Author
ހުސައިން
13 ޖުލައި 2025 04:03
0

ސޯޝަލް މީޑިއާ ބޭނުންކޮށްގެން އެކި ފަރާތްތަކުގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގުމުގެ 12 ތަފާތު މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ހާމަކުރި ގޮތުގައި، ހައްޔަރުކުރެވިފައިވާ މީހާއަކީ މާލެ، މއ. ރަބީޢުގެ ސާއިފް އަޙްމަދު ދީދީ، 30 އަހަރުގެ ފިރިހެނެކެވެ. އޭނާ ހައްޔަރުކުރީ އިއްޔެ ހުޅުމާލެ ފޭސް 2 އިން ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ. އޭނާ ހައްޔަރުކުރުމުގައި އާންމު ރައްޔިތުންގެ އެއްބާރުލުން ލިބިފައިވާ ކަމަށްވެސް ފުލުހުން ފާހަގަކުރިއެވެ.

ތުހުމަތުކުރެވޭ ގޮތުގައި، އޭނާ ތަފާތު ދުވަސްތަކުގައި ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް އެކި ފަރާތްތަކުން މަކަރުވެރިކަމާއެކު 30،000 ރުފިޔާއަށްވުރެ ގިނަ ފައިސާ އޭނާގެ އެކައުންޓަށް ޖަމާކުރުވައި، އެ ފައިސާ ނަގާފައިވެއެވެ.

ސާއިފް އަޙްމަދު ދީދީއަކީ މުދަލަށް ގެއްލުންދިނުމާއި ވައްކަންކުރުމުގެ ކުށުގެ ރެކޯޑު އޮތް މީހެއް ކަމަށް ފުލުހުން ހާމަކުރިއެވެ. އޭނާ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ބަންދުގައި ބަހައްޓަން 10 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

މި މައްސަލަތަކުގެ ތަހުގީގު އެންޓި ސްކޭމް ސެންޓަރުން ކުރިއަށް ގެންދާ ކަމަށް ފުލުހުން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.