މާޅޮހުގައި ޒަޚަމްތަކާއެކު މަރުވި އަބްދުއްރަހްމާން އާދަމްގެ ހަށިގަޑު ޕޯސްޓުމޯޓަމް ހެދުމަށް މާލެ ގެންނަނީ

މާޅޮހުގައި ޒަޚަމްތަކާއެކު މަރުވި އަބްދުއްރަހްމާން އާދަމްގެ ހަށިގަޑު ޕޯސްޓުމޯޓަމް ހެދުމަށް މާލެ ގެންނަނީ

Author
ހުސައިން
13 ޖުލައި 2025 03:58
0

އއ. މާޅޮހުގައި ބޮޑެތި ޒަޚަމްތަކާއެކު މަރުވެފައިވާ ހާލުގައި ފެނުނު 65 އަހަރުގެ އަބްދުއްރަހްމާން އާދަމްގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހެދުމަށްޓަކައި މާލެއަށް ގެނައުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ރޭ ދަންވަރު 1:50 ގައި އޭނާ ޒަޚަމްތަކާއެކު އޮތް ތަން ފެނުނުކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުނުކަމަށާއި، ފަތިހު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް އޭނާ ނިޔާވިކަމަށް ފުލުހުން ބުންޏެވެ. ތަޙުޤީޤުން ނިންމާފައިވަނީ އޭނާގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހެދުމަށް ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ހާދިސާއާ ގުޅިގެން އެ ރަށުގައި ފުލުހުންގެ ޓީމެއް ބޮޑު ތަޙުޤީޤެއް ކުރިއަށް ގެންދާއިރު، ރަށަށް އަރާ ފައިބާ މީހުންވެސް މޮނީޓަރ ކުރަމުންދާކަމަށް ފުލުހުން ހާމަކުރިއެވެ.

އެ ރަށުން ލިބުނު މަޢުލޫމާތު ތަކުން ދައްކާގޮތުން، މަސްވެރިކަމުން ދިރިއުޅުމުގެ މަގު ހޯދަމުން ދިޔަ އަބްދުއްރަހްމާން ދިރިއުޅެމުން ދިޔައީ އޭނާގެ އަނބިމީހާއާއެކު ގޭގައެވެ. ނަމަވެސް ހާދިސާ ހިނގިއިރު އަނބިމީހާ ހުރީ އެހެން ތަނެއްގައި ކަމަށް ވަނީ އެނގިފައެވެ.

ރަށުގެ މީހުން ދޭ މަޢުލޫމާތުގައި ވާގޮތުން، އެންމެ ބޮޑަށް އަނިޔާ ލިބިފައިވަނީ އޭނާގެ ބޮލަށް ކަމަށާއި، މި ހާދިސާ ހިނގާފައިވަނީ މެންދުރު 12:00 އާއި ރޭގަނޑު 1:00 އާ ދެމެދުގެ ވަގުތެއްގައި ކަމަށް ލަފާކުރެވޭ ކަމަށް ބުނެއެވެ.

އަބްދުއްރަހްމާންގެ ދެ ދަރިން ތިބިކަން ވެސް ވަނީ އެނގިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.