ފޮރެންސިކް ޑައިވިން ކޯސް ފަސް ފުލުހަކު ފުރިހަމަކޮށްފި

ފޮރެންސިކް ޑައިވިން ކޯސް ފަސް ފުލުހަކު ފުރިހަމަކޮށްފި

Author
ހުސައިން
11 ޖުލައި 2025 10:55
0

ފަސް ފުލުހަކު ފޮރެންސިކް ޑައިވިން ކޯސް ފުރިހަމަކޮށްފި އެވެ.

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގެ ދ. ވާނީ ކެމްޕަހުގައި ކުރިއަށް ގެންދިޔަ "އޯޕަން ވޯޓަރ ޑައިވް، އެޑްވާންސްޑް އޯޕަން ވޯޓަރ ޑައިވް، އީއެފްއާރް ރެސްކިއު ޑައިވް، އަދި ފޮރެންސިކް ޑައިވަރ ކޯސް" ނިންމުމުގެ ރަސްމިއްޔާތު މިއަދު އެ ކެމްޕަހުގައި ބާއްވައި އެ ކޯސް ފުރިހަމަކުރި ފަސް ދިވެހި ފުލުހުންނަށް ވަނީ ސެޓްފިކެޓް ދީފަ އެވެ.

ޖޫން އެކަކުން އިއްޔެގެ ނިޔަލަށް ހިންގި އެ ކޯސް އިތުރު ތިން ގައުމެއްގެ ފަސް ފުލުހުންވެސް ފުރިހަމަކުރި އިރު އޭގެ ތެރޭގައި ސައުދީ އަރަބިއްޔާ، ކެމްބޯޑިޔާ އަދި ސްރީ ލަންކާގެ ފުލުހުން ހިމެނެ އެވެ.

މޫދު އަޑީގައި ތަހުގީގު ހިންގުމުގެ ގާބިލްކަން އިތުރުކޮށް، ފޮރެންސިކް ޑައިވިންގ އޮޕަރޭޝަންތަކަށް ބޭނުންވާ ފަންނީ އަދި އަމަލީ ހުނަރުތަކުން އޮފިސަރުންނަށް ތަމްރީނު ދިނުމަށް ކުރިއަށްގެންދިޔަ އެ ކޯހުގައި، ތިން އިންސްޓްރަކްޓަރުން ކިޔަވައިދީފައިވާއިރު، އެހީތެރިވުމަށް ސަލާމަތީ ސުޕަވައިޒަރެއް ވެސް ހަރަކާތްތެރިވެފައިވެއެވެ.

ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވަނީ ކޯސް ނިންމި ފަރާތްތަކަށް މަރުހަބާ ވިދާޅުވެ، ފޮރެންސިކް ޑައިވިން ފަދަ ފުލުހުންގެ ހާއްސަ ހުނަރުތަކުގެ މުހިންމުކަން ފާހަގަކުރައްވައިފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.