ޑިންގީއެއްގައި ފުރައިގެން ކަނޑަށް ނުކުތް ގައްދޫގެ އުމުރުން ދުވަސްވީ މީހަކު ގެއްލިގެން ހޯދަނީ

ޑިންގީއެއްގައި ފުރައިގެން ކަނޑަށް ނުކުތް ގައްދޫގެ އުމުރުން ދުވަސްވީ މީހަކު ގެއްލިގެން ހޯދަނީ

Author
ހުސައިން
10 ޖުލައި 2025 11:16
0

ގދ. ގައްދޫ އިން މިއަދު ހެނދުނު ފުރައިގެން ޑިންގީއެއްގައި ދަތުރުކުރި އުމުރުން ދުވަސްވީ މީހެއްގެ ހަބަރެއް ނުވެގެން، ހޯދަން ފަށައިފި އެވެ.

ފުލުހުން ބުނީ، މިއަދު ހެނދުނު 9:30 ގައި ގައްދޫ އިން ޑިންގީއެއްގައި ފުރައިގެން ދަތުރުކުރި އުމުރުން 75 އަހަރުގެ މީހެއްގެ ހަބަރެއް ނުވެގެން މިއަދު ހަވީރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މިހާތަނަށް ބެލި ބެލުމުން، އެ މީހާ ގައްދޫ ކައިރީގައި އޮންނަ ގަމުން މިއަދު ހެނދުނު 11:15 ގައި ފުރާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭރު މޫސުން ގޯސްކަމަށްވެސް އެނގިފައި ވެއެވެ. ފުލުހުން ބުނީ، އެ މީހާ އެންމެ ފަހު ފެނުނުއިރު، ލައިގެން ހުރީ ނޫ ކުލައިގެ އަތް ކުރު ގަމީހަކާއި ކަޅުކުލައިގެ ސޯޓެއް ކަމަށެވެ. 

އެ މީހާ ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އެމްއެންޑީއެފްގެ ކޯސްޓްގާޑް އިން ކަނޑުގެ ސަރަހައްދު ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުންޏެވެ.

އަދި ގަމާއި ގަން ކައިރީ ފަޅު ރަށްތައް ބެލުމުގެ މަސައްކަތް ފުލުހުން ކުރަމުންދާކަމަށް ވެސް ބުނެފައި ވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.