ހައިކޯޓަށް ދެ ފަނޑިޔާރަކު ހޯދަން އިއުލާން ކޮށްފި

ހައިކޯޓަށް ދެ ފަނޑިޔާރަކު ހޯދަން އިއުލާން ކޮށްފި

Author
ހުސައިން
10 ޖުލައި 2025 04:36
0

ރާއްޖޭގެ ހައިކޯޓަށް ދެ ފަނޑިޔާރަކު ހޯދުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު އިއުލާން ކޮށްފިއެވެ.

މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި އުމުރުން 25 އަހަރު ފުރިހަމަވެފައިވުމާއި، އިސްލާމީ ޝަރީއާ، ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން ހިމެނެއެވެ. މީގެ އިތުރުން ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަމުގައި މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާންޖެހެއެވެ.

ހައިކޯޓު ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތަކީ މުސްލިމަކު ކަމުގައި ވާންޖެހޭއިރު، ސުންނަތް ޖަމާއަތުގެ މީހަކު ކަމުގައިވެސް ވާންޖެހެއެވެ. ހަމައެއާއެކު ބުއްދި ސަލާމަތުން ހުންނަ މީހަކު ކަމުގައި ވާންޖެހުމާއި، ސިޔާސީ މަގާމެއް ފުރަމުންދާ ނުވަތަ ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވުން ލާޒިމުވެއެވެ.

ޖޭއެސްސީން ހާމަކޮށްފައިވާ ގޮތުގައި މި މަގާމުގެ އަސާސީ މުސާރައަކީ މަހަކު 45،700 ރުފިޔާއެވެ. ލިވިންގ އެލަވަންސްގެ ގޮތުގައި 18،000 ރުފިޔާއާއި ރިސްކު އެލަވަންސްގެ ގޮތުގައި 3،300 ރުފިޔާ ލިބޭނެއެވެ. އެހެންކަމުން ކޮންމެ މަހަކު ޖުމުލަ 67،000 ރުފިޔާ ލިބޭނެއެވެ. އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ އުސޫލެއްގެ ދަށުން ފޯނު އެލަވަންސާއި މެޑިކަލް އެލަވަންސް ވެސް ލިބިގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.