އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ވަކިވުމަށް މައުރޫފް ޖަމީލް ނިންމަވައިފި

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ވަކިވުމަށް މައުރޫފް ޖަމީލް ނިންމަވައިފި

Author
ހުސެއިން
07 ޖުލައި 2025 03:09
0

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މައުރޫފް ޖަމީލް އަންނަ މަހުގެ 18 ވަނަ ދުވަހު އެ މަގާމުން ވަކިވެވަޑައިގަތުމަށް ނިންމަވައިފިއެވެ. މި ނިންމުން އެޗްޑީސީގެ މުވައްޒަފުންނަށް މައުރޫފް އަމިއްލައަށް އަންގަވާފައިވާކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

މައުރޫފް ޖަމީލް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމަށް އައްޔަންކުރެވުނީ މިދިޔަ ޑިސެމްބަރު 22 ވަނަ ދުވަހުއެވެ. އޭނާ އެމަގާމަށް އައްޔަންކުރީ އެ މަގާމުގައި ހުންނެވި އިބްރާހީމް ފަޒުލް ރަޝީދު، ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން ޑިސެމްބަރު 21 ގައި އިސްތިއުފާ ދެއްވުމުންނެވެ.

އެޗްޑީސީން ވަކިވުމަށްފަހު މައުރޫފް ޖަމީލް ސަރުކާރުގެ އެޑްވައިޒަރީ ފެންވަރުގެ މަގާމަކާ ހަވާލުވާނެ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

މައުރޫފް ޖަމީލްއަކީ ހުޅުމާލެ ތަރައްގީކުރުމުގައި ދިގު މުއްދަތަކަށް މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. ހުޅުމާލެ ފުރަތަމަ ހިއްކި ދުވަސްވަރުން ފެށިގެން އެ ސަރަހައްދު ތަރައްގީކުރުމުގައި އިސް ދައުރެއް އަދާކުރައްވާފައިވެއެވެ. ހުޅުމާލެ ޑިވެލޮޕްމަންޓް ޔުނިޓު އުފެދުނުއިރު އެތަނުގެ ޑިރެކްޓަރ ޖެނެރަލްކަން ފުރުއްވި މައުރޫފު، ފަހުން އެޗްޑީސީ އުފެދުމާއެކު އެ ކުންފުނީގެ ސީއީއޯގެ މަގާމުވެސް އަދާކުރެއްވިއެވެ. މީގެ އިތުރުން ކޮންސްޓްރަކްޝަން މިނިސްޓަރުކަމުގެ މަގާމުވެސް މައުރޫފް ފުރުއްވާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.