ކުޅުދުއްފުށީ ހޮސްޕިޓަލްގައި ޓެލެމެޑިސިން އަދި އެންޑޯމެޓްރިއޯސިސް ޚިދުމަތް ފަށައިފި

ކުޅުދުއްފުށީ ހޮސްޕިޓަލްގައި ޓެލެމެޑިސިން އަދި އެންޑޯމެޓްރިއޯސިސް ޚިދުމަތް ފަށައިފި

Author
ހުސައިން
07 ޖުލައި 2025 10:04
0

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ޓެލެމެޑިސިން ހިދުމަތާއި އެންޑޯމެޓްރިއޯސިސް ހިދުމަތް ފަށައިފިއެވެ. މި ޚިދުމަތް ފައްޓަވާދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުއެވެ.

އައިޖީއެމްއެޗާއި ފ.އަތޮޅު ހޮސްޕިޓަލާ ގުޅިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ޓެލެމެޑިސިންގެ ހިދުމަތް ފޯރުކޮށްދޭން ފެށުމުން، ދުރުހިސާބުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ސްޕެޝަލިސްޓުންގެ ލަފާ ހޯދުމުގެ ފުރުސަތު ފަހިވެގެން ދާނެއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސާޖިދާ މުހައްމަދު ވިދާޅުވީ، ސަރުކާރުގެ 2.0 މަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ އިސްކަންދޭ ދާއިރާތަކުގެ ތެރޭގައި ސިއްހީ ހިދުމަތް ހިމެނޭ ކަމަށެވެ. މިކަމުން ސިއްހީ ހިދުމަތުގެ ދާއިރާއަށް އުއްމީދީ އަދި އިންގިލާބީ ބަދަލުތަކެއް ގެނެވޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ކުޅުދުއްފުށީގައި މި ހިދުމަތްތައް ފެށުމުން ސިއްހީ ހިދުމަތް ހޯދުމަށް ރައްޔިތުންނަށް ލިބޭ ލުއިފަސޭހަތައް އިތުރުވާނެ ކަމަށްވެސް ސާޖިދާ ވިދާޅުވިއެވެ.

މީގެ އިތުރުން، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ގައިންގަޔަށް ނާރާ ބަލިތަކުގެ ކްލިނިކެއްވެސް ހުޅުވިފައިވެއެވެ. މި ކްލިނިކު ރަސްމީކޮށް ހުޅުވައިދެއްވީ ޑައިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސަރވިސަސް ޑރ. އަހުމަދު އަޝްރަފެވެ. މި ކްލިނިކު ހުޅުވުމުން ގައިންގަޔަށް ނާރާ ބައްޔަށް ފަރުވާ ހޯދަން ޖެހޭ ބައެއްގެ ދަތުރުފަތުރުގެ ހަރަދާއި ވަގުތު ސަލާމަތްވެ، އެ ސަރަހައްދުގެ ރައްޔިތުންނަށް ބޮޑު ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.