މަސްތުވާތަކެތީގެ 90 ގުރާމްއާއެކު މާލެއިން ދެމީހުން ހައްޔަރު ކޮށްފި

މަސްތުވާތަކެތީގެ 90 ގުރާމްއާއެކު މާލެއިން ދެމީހުން ހައްޔަރު ކޮށްފި

Author
ހުސައިން
06 ޖުލައި 2025 12:20
0

މަސްތުވާތަކެތި ގެންގުޅުމާއި ބޭނުންކުރުމާއި ވިޔަފާރިކުރުމުގެ ތުހުމަތުގައި މާލޭގެ ދެ ފިރިހެނުން ފުލުހުން ހައްޔަރުކޮށްފައިވެއެވެ.

ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން އިއްޔެ ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކުރީ ގ. ސެމިޓޯން، މާލެ، އިބްރާހީމް ޝަރީފް (41އ) އާއި އޭނާގެ އަޚް ހަމްޒާ ޝަރީފް (44އ) އެވެ.

ފުލުހުންގެ މަޢުލޫމާތު ލިބިގެން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި އެ ދެމީހުން ހައްޔަރުކޮށް ފާސްކުރުމުން މަސްތުވާތަކެތި ކަމަށް ބެލެވޭ 90.54 ގުރާމްގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ. މި ތަކެތި ފެނުނީ މަސްތުވާތަކެތި ވިއްކުމާއި ބޭނުންކުރުން ހުއްޓުވުމަށް ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތްތަކުގެ ތެރެއިންނެވެ.

މި މައްސަލައިގައި ހައްޔަރުކުރި އިބްރާހީމް ޝަރީފްއާއި ހަމްޒާ ޝަރީފް ކޯޓަށް ހާޒިރުކުރުމުން، ދެމީހުން ވެސް 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.

މި މައްސަލަ މިހާރު ޑްރަގް އެންފޯސްމަންޓުން ތަހުގީގުކުރަމުން ގެންދާ ކަމަށް ފުލުހުން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.