މާލޭގައި މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލާގައި ތުހުމަތުކުރެވޭ މީހާ ޝަރީޢަތް ނިމެންދެން ބަންދަށް

މާލޭގައި މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލާގައި ތުހުމަތުކުރެވޭ މީހާ ޝަރީޢަތް ނިމެންދެން ބަންދަށް

Author
ހުސައިން
04 ޖުލައި 2025 10:17
0

މާލެއިން މީހަކު ރަހީނުކޮށް އަނިޔާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހައްޔަރުކުރި ސ. ފޭދޫ، ސުވާސާގޭ އިބްރާހިމް ސައީދު (އުމުރުން 48 އަހަރު) ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ބުދަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި، ރަހީނުކޮށްފައި ތިބި 44 އަހަރުގެ ދިވެހި ފިރިހެނަކު ސަލާމަތްކުރުމަށްފަހު، ކުށުގެ ވެށިން އިބްރާހިމް ސައީދު ހައްޔަރުކުރި ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާގައި އަނިޔާ ލިބުނު މީހާއަށް އައިޖީއެމްއެޗުގައި ފަރުވާ ދެވިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިން ނަމަވެސް، މި މައްސަލައިގެ އިތުރު ތަފްސީލުތައް އަދި ހާމަކޮށްފައި ނުވެ އެވެ. މައްސަލައިގެ ތަޙުޤީޤު ކުރިއަށް ގެންދާ ކަމަށް ފުލުހުން ވިދާޅުވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.