ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ރުކުމާ މުހައްމަދު އަބްދުލްކަރީމް މޯލްޑިވްސް ގޭސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބަދަލުކޮށްފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ފެނަކައިގެ ޑީއެމްޑީގެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހުއެވެ.
ރުކުމާ ވަނީ އެ ކުންފުންޏަށް ކޯށްދެއްވި މަސައްކަތަށް އެ ކުންފުނިން ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މި ސަރުކާރުން ރުކުމާ އެންމެ ފުރަތަމަ އައްޔަންކުރީ ވެމްކޯގެ ޑީއެމްޑީގެ މަގާމަށެވެ. އެއަށްފަހު އޭނާ ބަދަލުކުރީ ފެނަކަ ކޯޕަރޭޝަންގެ ޑީއެމްޑީގެ މަގާމަށެވެ. މޯލްޑިވް ގޭސްއަކީ އޭނާ ބަދަލުކުރާ ތިންވަ ކުންފުންޏެވެ.
ކޮމެންޓު ފޮނުވާ