އިމިގްރޭޝަންގެ ގުދަނުން ވައްކަންކޮށް އެ ތަކެތި ވިއްކަން އުޅެނިކޮށް ތިނަދޫ މީހަކު ހައްޔަރު ކޮށްފި

އިމިގްރޭޝަންގެ ގުދަނުން ވައްކަންކޮށް އެ ތަކެތި ވިއްކަން އުޅެނިކޮށް ތިނަދޫ މީހަކު ހައްޔަރު ކޮށްފި

Author
ހުސައިން
30 ޖޫން 2025 12:10
0

މޯލްޑިވްސް އިމިގްރޭޝަންގެ އޯކިޑް ބިލްޑިންގގައި ހުންނަ ގުދަނުން ވައްކަންކޮށްފައިވާ ތަކެތި މާރުކޭޓު ސަރަހައްދުގައި ވިއްކަން އުޅުނު މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ހައްޔަރުކޮށްފައިވަނީ ގދ. ތިނަދޫ، ދިލްބަހާރުގޭ އަޙްމަދު ނިއުޝަމް (36 އަހަރު) އެވެ. ފުލުހުންގެ މަޢުލޫމާތުގައިވާ ގޮތުން މި މައްސަލަ ހުށަހަޅާފައިވަނީ މިދިޔަ ޖޫން މަހުގެ 26 ވަނަ ދުވަހުއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ތަޙުޤީޤު ކުރަމުންދަނިކޮށް، ވައްކަންކޮށްފައިވާ ތަކެތި މާރުކޭޓުގައި ވިއްކަން އުޅޭކަމުގެ މަޢުލޫމާތު ލިބިފައިވެއެވެ. މި މަޢުލޫމާތާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ދިޔުމުން، ވިއްކަން އުޅުނު ތަކެއްޗަކީ އިމިގްރޭޝަންގެ ގުދަނުން ވަގަށް ނެގި ތަކެތިކަން ޔަޤީންކޮށްފައިވެއެވެ.

ފުލުހުން ހޯދާފައިވާ ތަކެތީގެ ތެރޭގައި އިންޖީނު ސްޕެއަރ ޕާޓްސްއާއި، އިލެކްޓްރޯނިކް ސާމާނާއި އިތުރު ތަފާތު ތަކެތި ހިމެނެއެވެ. މި ހުރިހާ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

އަޙްމަދު ނިއުޝަމް ބަންދުކުރުމާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައިވެއެވެ. ފުލުހުންގެ ބަޔާނުގައިވާ ގޮތުން މި މައްސަލައިގެ ތަޙުޤީޤު އަދިވެސް ދަނީ ކުރިއަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.