އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ދަ ޑިމޮކްރެޓްސް މެންބަރުން އެ ޕާޓީއާ އަލުން ގުޅިވަޑައިގަތުން ފާހަގަކުރުމަށް ބާއްވާ ބޮޑު ޖަލްސާ އަންނަ ހޯމަ ދުވަހުގެ ރޭ 9:00 ގައި ސަލްޓަން ޕާކުގައި ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.
މި ޖަލްސާ ބޭއްވުމަށް ތަނެއް ހޯދުމުގައި ދިމާވި ދަތިތަކާ ގުޅިގެން އެމްޑީޕީން ވަނީ ސަރުކާރުން ތަނެއް ނުދީފި ނަމަ ރައީސް ދިރިއުޅުއްވާ މުލީއާގޭ ކަންމަތީގައި ޖަލްސާ ބާއްވާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ވަނީ ރޭ އެމްޑީޕީގެ ޖަލްސާ ބޭއްވުމަށް ސަލްޓަން ޕާކު ކުއްޔަށް ދޫކޮށްފި ކަމަށް ހާމަކުރައްވާފަ އެވެ.
މިދިޔަ އަންގާރަ ދުވަހު އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކުރި ގަރާރަކުން ނަޝީދާއި ޑިމޮކްރެޓްސްގެ މެންބަރުން އެ ޕާޓީއާ އަލުން ގުޅުމަށް ނިންމުމާ ގުޅިގެން ބާއްވާ މި ހާއްސަ ޖަލްސާ އަކީ އެމްޑީޕީގެ ތާރީޚުގައި މުހިންމު ހަނގުރާމައެއް ކަމުގައި އެ ޕާޓީގެ ފަރާތުން ބުނެފައިވެ އެވެ. އަދި މި ޖަލްސާގައި ބައިވެރިވުމަށް އެމްޑީޕީން ވަނީ އެންމެހައި ރައްޔިތުންނަށް ދައުވަތު ދީފަ އެވެ.
ކޮމެންޓު ފޮނުވާ