ރައީސް މުއިއްޒު 'ގެދޮރުވެރިޔާ' ސްކީމްގެ 4000 ފްލެޓް މަޝްރޫއު ބައްލަވާލައްވައިފި

ރައީސް މުއިއްޒު 'ގެދޮރުވެރިޔާ' ސްކީމްގެ 4000 ފްލެޓް މަޝްރޫއު ބައްލަވާލައްވައިފި

Author
ހުސައިން
19 ޖޫން 2025 08:04
0

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އިމާރާތް ކުރަން ފެށި 'ގެދޮރުވެރިޔާ' ސްކީމްގެ 4000 ފްލެޓް މަޝްރޫއުގެ ބައެއް ޔުނިޓްތައް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްލަވާލައްވައިފި އެވެ.

މި ފްލެޓްތައް ރައީސް ބައްލަވާލެއްވީ މިއަދު ހަވީރު ސަރުކާރުގެ ވަފުދަކާ އެކު އެ ސަރަހައްދަށް ވަޑައިގެންނެވެ. ރައީސްގެ މި ޒިޔާރަތުގައި މި މަޝްރޫއުގެ ބެލެނިވެރި ފަރާތް ކަމުގައިވާ ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ރައީސްގެ މި ޒިޔާރަތާ ގުޅޭ ގޮތުން ރައީސް އޮފީހުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، 4000 ފްލެޓް މަޝްރޫއު ހިނގަމުންދާ ސައިޓަށް ރައީސް މުއިއްޒު މިއަދު ވަޑައިގެން، އެ މަޝްރޫއު ކުރިއަށްދާ ގޮތް އެ މަނިކުފާނު ބައްލަވާލެއްވި ކަމަށެވެ. އަދި މަސައްކަތް ގޮސްފައިވާ ހިސާބުގެ ތަފްސީލުތައް ރައީސްއާ ހިއްސާ ކުރި ކަމަށް ވެސް އެ ޕޯސްޓުގައި ފާހަގަކޮށްފައިވެ އެވެ.

މިދިޔަ މެއި މަހު ސަރުކާރުން ބުނެފައިވާ ގޮތުގައި، އެހާތަނަށް ނިމިފައިވަނީ 4000 ފްލެޓްގެ ތެރެއިން 1000 ފްލެޓެވެ. އެ ނިމުނު ތަންތަނުގައި އަންނަ މަހު ދިރިއުޅެވޭ ވަރު ވާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

މި ސަރުކާރު ވެރިކަމަށް އައިސް ކުރީ ސަރުކާރުން އެކުލަވާލި ފްލެޓް ލިސްޓް މުރާޖާ ކުރުމުގެ މަސައްކަތް ފެށި ނަމަވެސް، މިދިޔަ މަހު ނިންމާފައިވަނީ އެ ސަރުކާރުގައި އެކުލަވާލި ލިސްޓަށް ފްލެޓް ދިނުމަށެވެ. އޭގެ ތެރެއިން ބާކީ ވާނީ ހަމައެކަނި މީގެ ކުރިން ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ތެރެއިން ފްލެޓް ލިބުނު ފަރާތްތައް އެކަނި ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.