މިދިޔަ އަހަރު ރާއްޖެއަށް އެންމެގިނައިން އައީ އިންޑިއާ ފަތުރުވެރިން

މިދިޔަ އަހަރު ރާއްޖެއަށް އެންމެގިނައިން އައީ އިންޑިއާ ފަތުރުވެރިން

ނިމިދިޔަ 2020 ވަނައަހަރު ފަތުރުވެރިންގެ ގޮތުގައި ރާއްޖެއަށް އެންމެ ގިނައިން އައީ އިންޑިއާ ރައްޔިތުންކަން ތަފާސްހިސާބުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ ޓޮޕް ޓެން ޓޫރިސްޓް މާކެޓް ލިސްޓުގެ އެއްވަނައިގައި އިންޑިއާ އޮތްއިރު މިދިޔަ އަހަރު ޖުމްލަ، 62905 އިންޑިއާ ރައްޔިތުން ރާއްޖެއަށް ފަތުރުވެރިންގެ ގޮތުގައި ވަނީ އައިސްފައެވެ.

ދެ ވަނާގައި އޮތީ ރަޝިއާއެވެ. އެ ގައުމުގެ 61388 ރައްޔިތުން މިދިޔައަ އަހަރު ފަތުރުވެރިންގެ ގޮތުގައި ރާއްޖެއަށް އެތެރެވެފައި ވެއެވެ. ލިސްޓުގެ 3 ވަނާގައި އޮތީ ޔޫކޭ އެވެ. އެގައުމުގެ 52716 ރައްޔިތުން ރާއްޖެއަށް މިދިޔަ އަހަރު ވަނީ ފަތުރުވެރިންގެ ގޮތުގައި އައިސްފައެވެ.

މިދިޔަ އަހަރުގެ ޓޮޕް 10 މާކެޓުން ރާއްޖެއަށް ފަތުރުވެރިން އައިސްފައިވާ ގޮތް:

2019 ވަނަ އަހަރާއި ހަމައަށް ރާއްޖެއަށް އެއް ގައުމަކުން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަމުން އައީ ޗައިނާއިންނެވެ. އެގޮތުން ޓޫރިޒަމް މިނިސްޓްރީން2019 ވަނަ އަހަރު އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން އޭރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ 16.3 އިންސައްތަ އަކީ ޗައިނާ ފަތުރުވެރިންނެވެ. ނަމަވެސް މިދިޔަ އަހަރު މިއިންސައްތަ މިވަނީ 6.2 އަކަށް ދައްވެފައެވެ.

މިނޫންވެސް ބޮޑެތި ގިނަ ބަދަލުތަކެއް ރާއްޖޭގެ ފަތުރުވެރިކަމުގައި ތަމްސީލްކުރާ މާކެޓްތަކަށް ކޯވިޑް-19ގެ ފަހުން މިވަނީ އައިސްފައެވެ. އެގޮތުން ރާއްޖެއަށް ކުރިން އެހާ އަންމުނޫން ޔޫރަޕްގެ ބައެއް މާކެޓް ތަކާއި މެދުއިރުމަތީގެ މާކެޓްތަކުގެ އިތުރުން އުތުރާއި ދެކުނު އެމެރިކާއާއި އެފްރިކާގެ ސަރަހައްދުންވެސް މިހާރު ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު ވަނީ އިތުރުވާން ފަށާފައެވެ. ނަތީޖާއެއްގެ ގޮތުން މީގެކުރިން ރާއްޖެއަށް ދަތުރުނުކުރާ ބައެއް އެއަރލައިންތަކުން ރާއްޖެއަށް ދަތުރު ފަށާފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއައި އެންމެ ގިނަ ފަތުރުވެރިން ނިސްބަތްވާ ގައުމުތައް:

2021 ވަނަ އަހަރު ފަތުރުވެރިކަމުގެ ސިނާއަތް ފަށާފައިވަނީ އައު އުންމީދަކާއެކު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް އަމާޒު ހިފައިގެންނެވެ. އަދި 2021 ވަނަ އަހަރު ނިމުމާއެކު ރާއްޖެއިން ކުރިމަތިލާނީ ފަތުރުވެރިކަމުގެ ރަންޔޫބީލް އަހަރާއެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް 50 އަހަރު ފުރޭނީ 2022 ވަނަ އަހަރުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *