މާތް ﷲގެ ހަޒުރަތުގައި މަތިވެރި ދަރަޖަ އެދޭނަމަ، އެމީހަކަށް އޮތީ ތަވާޟުޢުވެރިވެ، ރިވެތި އަޚްލާޤުގައި ހިފެހެއްޓު: ޚުޠުބާ

މާތް ﷲގެ ހަޒުރަތުގައި މަތިވެރި ދަރަޖަ އެދޭނަމަ، އެމީހަކަށް އޮތީ ތަވާޟުޢުވެރިވެ، ރިވެތި އަޚްލާޤުގައި ހިފެހެއްޓު: ޚުޠުބާ

Author
ހުސައިން
13 ޖޫން 2025 01:12
0

ތަވާޟުޢުވެރިކަމަކީ މީސްތަކުންގެ މެދުގައި ލޯތްބާއި އޯގާތެރިކަން އިތުރުވާކަމެއް ކަމަށާއި، އެއީ އުޚުއްވަތްތެރިކަން ފެތުރިގެންދާ ސަބަބެއް ކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

"ތަވާޟުޢުވެރިކަމަކީ ދަރަޖަ އުފުލިގެންވާ ކަމެކެވެ." މިމައުޟޫއަށް ޚާއްސަ ކުރެވުނު މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވީ. މުސްލިމުންގެ އުޚުއްވަތްތެރިކަމަކީ އެންމެހައި އުމުރުފުރާތަކަށާއި، އެކިއެކި ގިންތިތަކާއި ފަންތިތަކުގެ މެދުގައި އޮންނަ އެއްޗެއް ކަމަށެވެ. އަދި އޭގައި ކުޑަކުއްޖެއް، ބޮޑުމީހެއް ނުވަތަ މުއްސަންޖެއް، ފަގީރެއް ނުވަތަ އަރަތްބެއް، އަޖަމީއެއް ނުވަތަ ކަޅުމީގެއް، ދޮންމީގެއް ތަފާތެއް ނެތްކަމުގައިވެސް މިއަދުގެ ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.

މީސްތަކުންނޭވެ! މީހަކު، މާތް ﷲގެ ހަޒުރަތުގައި މަތިވެރި ދަރަޖަ އެދޭނަމަ، އަދި މީސްތަކުންގެ މެދުގައި ޤަދަރުވެރި މީހަކަށްވާން ބޭނުންނަ، އެމީހަކަށް އޮތީ ތަވާޟުޢުވެރިވެ، ރިވެތި އަޚްލާޤުގައި ހިފެހެއްޓުމެވެ.

މިއަދުގެ ޚުޠުވާގައި ވިދާޅުވެފައި ވެއެވެ.

ޚުޠުބާގައި އިތުރަށް ވިދާޅުވެފައިވަނީ އިސްލާމްދީން ފެތުރުނީ މަޑުމަތިރިކަމާއި، ތަވާޟުޢުވެރިކަމާއި އޯގާތެރިކަމުން ކަމަށެވެ. އަދި މާތް ނަބިއްޔާ މުސްލިމުންގެ ނިކަމެތިންނާއި ބަލިމީހުންނަށް ޒިޔާރަތްކުރައްވާ އެމީހުން މަރުވުމުން ޖަނާޒާގައި ބައިވެރިވެވަޑައިގަންނަވާ ކަމަށާއި، ސަޙާބީންގެ ކުޑަކުދިންނަށް ޒިޔާރަތްކުރައްވާ އެކުދީންގެ ބޮލުގައި ފިރުއްމަވާ ހައްދަވާފައިވާކަމަށްވެސް ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.

މުސްލިމް އަޚުންނޭވެ! ތަވާޟުޢުވެރިކަން އޮންނާން ޖެހޭނީ ކޮންކަމެއްގައި ހެއްޔެވެ؟ އަދި ކޮން ބަޔަކަށް ހެއްޔެވެ؟ އެންމެ ފުރަތަމަ ތަވާޟުޢުވެރި ވާންވީ މާތް ﷲ އަމުރު ކުރެއްވި ކަންތައްތައްކޮށް، އެކަލާނގެ ނަހީކުރެއްވި ކަންތައްތަކުން ދުރުހެލި ވުމަށެވެ. ދެވަނައަށް ތަވާޟުޢުވެރި ވަންވީ މާތް ﷲގެ މަތިވެރިކަމާއި ޖަލާލުވަންތަކަމާއި ކިބްރިޔާއު ވަންތަ ކަމާއި ޢިއްޒަތްވަންތަ ކަަމަށެވެ. ތިންވަނައީ ހެދުން އެޅުމާއި ހިނގައި ބިނގައިވެ އުޅުމުގައި ތަވާޟުޢުވެރި ވުމެވެ.

މިއަދުގެ ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.