އަޝްފާޤާއިއެކު "މޯލްޑިވްސް ވޭވް" އެމްބަސަޑަރުންގެ ފެނިލުމެއް

އަޝްފާޤާއިއެކު "މޯލްޑިވްސް ވޭވް" އެމްބަސަޑަރުންގެ ފެނިލުމެއް

Author
މުޙައްމަދު ޝަޒައިމް
04 ޖެނުއަރީ 2021 10:46
0

ރާއްޖޭގެ ފަހުރުވެރި އަތުކުރި ގަޑި ބްރޭންޑް "މޯލްޑިވްސް ވޭވް" ގެ ބްރޭންޑް އެމްބަސަޑަރެއްގެ ގޮތުގައި ހަމަޖައްސާފައިވާ ފަރާތްތަކާއިކު ނަގާފައިވާ ފޮޓޯއެއް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާޤު ހިއްސާ ކޮށްފިއެވެ.

އަޝްފާޤު ހިއްސާކޮށްފައިވާ މި ފޮޓޯގައި އޭނާއާއިއެކު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސާ މަރިޔަމް ވަހީދާއާއި، މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމްއާއި، ބެޑްމިނިޓަން ޤައުމީ ޓީމުގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ނަބީހާއާއި، ނަބާހާ ފެނިގެން ދެއެވެ.

ޒުވާން ޑިޒައިނަރެއް ކަމަށްވާ އަޒްމަތު އިބްރާހިމްގެ ބުރަ މަސައްކަތުން އަމިއްލަ ޑިޒައިނަކަށް ތައްޔާރުކުރާ މި ގަޑިތައް ފަރުމާކުރުމުގައި ލިޔެލާ ޖެހުން ފަދަ ޑިޒައިންތައް ބޭނުންކޮށް ވީހާ ވެސް ބޮޑަށް ރާއްޖެ ރަމްޒުކޮށްދޭ ގޮތްތައް ހިމަނަ އެވެ. މޯލްޑިވްސް ވޭވްގެ މަގުސަދަކީ މި ބްރޭންޑުގެ ޒަރިއްޔާ އިން ވެސް ރާއްޖޭގެ ސަގާފަތް ދެމެހެއްޓުމެވެ.

ރާއްޖޭގެ ފަހުރުވެރި އަތުކުރި ގަޑި ބްރޭންޑް "މޯލްޑިވްސް ވޭވް" ގަޑިއަކީ ދިވެހިންގެ މެދުގައި މިހާރު ވަރަށް މަޤުބޫލުކަން ހޯދާފައިވާ ގަޑިއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.