ގެދޮރުވެރިޔާ ސްކީމުގެ ޝަކުވާތައް ބެލުމުގެ މަސައްކަތް މިމަހު ނިމޭނެ

ގެދޮރުވެރިޔާ ސްކީމުގެ ޝަކުވާތައް ބެލުމުގެ މަސައްކަތް މިމަހު ނިމޭނެ

Author
ހުސައިން
23 މެއި 2025 10:34
0

ގެދޮރުވެރިޔާ ސްކީމުގެ ދަށުން 4000 ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓާ ގުޅޭގޮތުން ލިބިފައިވާ ޝަކުވާތައް މިމަހުގެ ނިޔަލަށް ބަލައި ނިންމާނެކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށިކަމާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

މިދިޔަ އޭޕްރިލް 15ގައި ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު، ޖުމްލަ 8602 ޝަކުވާ ވުޒާރާއަށް ލިބިފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓް އަލުން މުރާޖަޢާކުރުމަށް ނިންމީ، އާންމުންގެ ފަރާތުން ގިނަ ޝަކުވާތަކެއް ލިބިފައިވުމާއެކު، ޝަރުޠު ހަމަނުވާ ފަރާތްތަކެއް ލިސްޓުގައި ހިމެނިފައިވާކަން އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ތަޙުޤީޤުން ފާހަގަކުރެވިފައިވާތީއެވެ.

މި މައްސަލަ ބެލުމަށް ޚާއްޞަ ކޮމިޓީއެއް އުފައްދައިގެން ކުރި މަސައްކަތުގެ ނަތީޖާއަކަށް ވަނީ، ފްލެޓް ލިބޭނެކަމަށް އިޢުލާންކުރި 4000 ފަރާތުގެ ތެރެއިން 2180 ފަރާތަކީ ޝަރުޠު ފުރިހަމަނުވާ ފަރާތްތައްކަމަށް ކަނޑައެޅުމެވެ.

ޝަކުވާ ހުށަހެޅުމަށް ދިން 2 މަސްދުވަހުގެ މުއްދަތުގައި ލިބުނު ހުރިހާ ޝަކުވާތަކެއް މިހާރު ބަލަމުންދާކަމަށާއި، މިމަސައްކަތް އަވަހަށް ނިންމުމަށް ވުޒާރާއިން މަސައްކަތް ކުރަމުންދާކަމަށް ވުޒާރާއިން ހާމަކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.