އެމްއައިބީން އަމީނީމަގުގައި ޑޮލަރާއި ރުފިޔާ ނެގޭ އޭޓީއެމްއެއް ހުޅުވައިފި

އެމްއައިބީން އަމީނީމަގުގައި ޑޮލަރާއި ރުފިޔާ ނެގޭ އޭޓީއެމްއެއް ހުޅުވައިފި

Author
ހުސައިން
07 މެއި 2025 04:48
0

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އަމީނީމަގު ފިނޭންސް މިނިސްޓްރީ ކޮށީގައި ޑޮލަރާއި ރުފިޔާ ނެގޭ އައު އޭޓީއެމްއެއް ހުޅުވައިފިއެވެ. މި އޭޓީއެމްއިން 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި ނެގުމުގެ ޚިދުމަތް ލިބޭނެކަމަށް އެމްއައިބީން މަޢުލޫމާތު ދެއެވެ.

މިހާރު މާލޭގައި ޑޮލަރުގެ ޚިދުމަތް ދޭ އެމްއައިބީގެ އޭޓީއެމް ހަތަރު ސަރަހައްދެއްގައި ޤާއިމްކުރެވިފައިވެއެވެ. އެގޮތުން، އެމްއައިބީގެ ހެޑް އޮފީސް ހުންނަ މެދުޒިޔާރަތްދޮށުގެ ރީޓެއިލް ބްރާންޗުގައާއި، އާޓިފިޝަލް ބީޗް ކުރިމަތީގައި ހުންނަ ހ. މެރިން ޑްރީމް ބްރާންޗުގައާއި، އެސްޓީއޯ ސުޕަމާޓް ކައިރީގައި ހުންނަ ފާމުދޭރިގެ އަދި އަލަށް ހުޅުވުނު އަމީނީމަގު އޭޓީއެމްގައި ޑޮލަރުން ޚިދުމަތް ލިބެއެވެ.

މީގެއިތުރުން، މި އޭޓީއެމް ސެންޓަރުތަކުން ރުފިޔާ ޖަމާކުރުމާއި ނެގުމުގެ ޚިދުމަތްވެސް ލިބޭއިރު، ހަމައެކަނި ރުފިޔާއިން ޚިދުމަތް ދޭ އޭޓީއެމް މަޖީދީމަގުގެ އިތުރުން އައިޖީއެމްއެޗްގައިވެސް ޤާއިމްކުރެވިފައިވެއެވެ.

އެމްއައިބީއިން ވަނީ އެ ބޭންކުގެ ޚިދުމަތް މާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކަށްވެސް ފުޅާކުރަމުންނެވެ. އެގޮތުން ރ. އަތޮޅަށް ޚިދުމަތް ފުޅާކުރުމަށް ސޭލްސް ސެންޓަރެއް އިމާރާތްކުރަމުންދާއިރު، އެތަނަށް މުވައްޒަފުން ނެގުމަށް އިޢުލާންވެސް ކޮށްފައިވެއެވެ.

ފާހަގަކޮށްލެވޭ ކަމަކީ، އެމްއައިބީއަކީ ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ފުލްފްލެޖް އިސްލާމިކް ބޭންކްކަމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.