ނ.ކެނދިކުޅުދޫގައި މިއަދު ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޙިދުމަތް ދޭންފެށުމުން އެރަށުގެ ރަށްޔިތުންގެ ޝުކުރު ރައީސް ޞާލިހަށާއި، މެމްބަރު އީސަޔަށް ދަންނަވައިފިއެވެ.
ނ.ކެނދިކުޅުދޫގައި ގާއިމްކުރި އޭޓީއެމް މިއަދު ހުޅުވާފައިވާއިރު، އެރަށުގެ ރަށްޔިތުންވަނީ މި ހިދުމަތް އެރަށުން ލިބޭނެ ގޮތް ހަމަޖެއްސެވުމަކީ ރަށުގެ ރަށްޔިތުންނަށާއި، ރަށާއި ކައިރި ރަށްތަކުގައި ދިރިއުޅޭ ރަށްޔިތުންނަށްވެސް ލިބިގެންދިޔަ ބޮޑު ފަސޭހައެއް ކަމުގައި ބުނެފައެވެ. މިއީ ރައީސް ޞާލިހު އެރަށުގެ ރަށްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދެއްވެސް މެއެވެ.
ކަމެއްކޮށްދީނީވެސް އަދި ކޮށްދޭނީ ވެސް @MDPSecretariat ގެވެރިކަން. ހަމަޔަގީނުން ވެސް ކެނދިކުޅުދޫ ރައްޔެތުން އެކަން ގަބޫލުކުރާވަރު ކޮށްދީފި. @ibusolih @MPahmedeasa pic.twitter.com/4rwaCUxrss
— IBRAHIM SHANEEZ (@ibr_shanyz) October 10, 2020
މި ޚިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބިގެންދާނެ އެވެ. އަދި މި އޭޓީއެމަކީ އެންމެ ފަހުގެ ސެކިއުރިޓީ އެކުލެވިގެން ރައްކާތެރިކަމާއެކު ބޭންކިންގ ހިދުމަތް ދިނުމަށް ފަރުމާ ކުރެވިފައިވާ އޭޓީއެމެއް ކަމަށް ބީއެމްއެލުން ވަނީ ބުނެއެވެ.
ބީއެމްއެލުން އޭޓީއެމްގެ ޙިދުމަތް ދޭން ފަށާފައިވަނީ 2005 ވަނަ އަހަރުއެވެ. އެ ބެންކުން ވަނީ ރާއްޖޭގައި މިހާތަނަށް 120 އަށްވުރެ ގިނަ އޭޓީއެމް ބަހައްޓާފައެވެ. އަދި އޭޓީއެމް ނެތް ރަށްރަށުގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތްވެސް ބީއެމްއެލުން ދަނީ ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ