އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއެކު "އަންހެނުންގެ ސައްލާ" ފަށައިފި

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއެކު "އަންހެނުންގެ ސައްލާ" ފަށައިފި

Author
ޙަސަން މުޙައްމަދު
29 އޭޕްރިލް 2025 01:57
0

މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްއިން ކުލަސްޓަރ 3 ގެ އަތޮޅުތަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ 59 މެމްބަރުންނާއެކު "އަންހެނުންގެ ސައްލާ" މިއަދު ފަށައިފިއެވެ. މި ސައްލާގައި އއ.، އދ.، ވ.، އަދި މ.، އަތޮޅުގެ އަންހެނުންގެ ކޮމިޓީތަކުގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ސައްލާ ހިންގުމަށް ހަމަޖެހިފައިވަނީ މާދަމާގެ ނިޔަލަށެވެ.

ސައްލާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ލޯކަލް ގަވަމަންޓް މިނިސްޓަރ އާދަމް ޝަރީފު އުމަރު ވިދާޅުވީ ޤައުމުގެ ތަރައްޤީގައި އަންހެނުން އަދާކުރަމުންދަނީ ވަރަށް މުހިންމު ދައުރެއް ކަމަށެވެ. އަދި ރައީސް ފައްޓަވާފައިވާ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ގިނަގުނަ ހެޔޮ ބަދަލުތަކެއް އަންނަމުންދާކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، މިނިސްޓަރ ޝަރީފު ފާހަގަކުރެއްވިގޮތުގައި މި ސަރުކާރުގެ ކެބިނެޓް ތަރުތީބުކޮށްފައިވަނީ "އެއްގަހުގެ ހިޔާ އަނެއްގަހަށް ފޯރާގޮތަށް" ކަމަށެވެ.

އަންހެނުންގެ ސައްލާ ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ފެމިލީ އެންޑް ސޯޝަލް ޑެވެލޮޕްމަންޓް ޑރ. އައިޝަތު ޝިހާމްގެ އިތުރުން މެޑަމް ސާޖިދާ މުހައްމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.