މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް އެގައުމުގައި ތިބެގެން ދިވެހި އީ-ޕާސްޕޯޓު ލިމިހާރު ލިބޭނެ

މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް އެގައުމުގައި ތިބެގެން ދިވެހި އީ-ޕާސްޕޯޓު ލިމިހާރު ލިބޭނެ

Author
ޙަސަން މުޙައްމަދު
29 އޭޕްރިލް 2025 07:30
0

މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް އެގައުމުގައި ތިބެގެން ދިވެހި އީ-ޕާސްޕޯޓު ލިބުމުގެ މަގު ފަހިކޮށްފިއެވެ.

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ލުއިފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ފެށި މި ޚިދުމަތް މިއަދު ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. ރައީސް މުޢިއްޒު މިހާރު މެލޭޝިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި މި ޚިދުމަތް ފެށުނެވެ.

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ރާއްޖެއިން ބޭރުގެ ގައުމެއްގައި ދޭން ފެށި މިއީ ފުރަތަމަ ފަހަރެވެ. އިމިގްރޭޝަނުން ހާމަކުރި ގޮތުގައި މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން މާދަމާއިން ފެށިގެން މި ޚިދުމަތް ލިބެން ފަށާނެއެވެ.

މި އައު ޚިދުމަތުގެ ސަބަބުން، މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ދިވެހިރާއްޖެއަށް ދަތުރުކުރުމަކާ ނުލައި ޕާސްޕޯޓާއި އައިޑީކާޑުގެ ޚިދުމަތް ލިބިގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.