މަސްތުވާތަކެތީގެ ބޮޑެތި ނެޓްވޯކްތައް ދެނެގަނެ އެޝިޕްމަންޓްތައް އަތުލައިގަތުން މިހާރު އިތުރުކުރެވިފައިވާކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ދާދިފަހުން އައްޑޫ ސިޓިއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބޮޑު ނެޓްވޯކެއް ފުލުހުންގެ އިންޓަލިޖެންސްއަށް ލިބުނު މަޢުލޫމާތާއި ގުޅިގެން ވަނީ އަތުލައިގަނެފައެވެ.
މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރާއި ފުލުހުން ކުރާ މަސައްކަތްތަކުގެ ތަފްސީލު ދެއްވަމުން ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވީ، ކުރިއާއި ޚިލާފަށް މިހާރު ރާއްޖެ އެތެރެކުރެވޭ ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއި، އޭގެ ބޮޑެތި ނެޓްވޯކްތައް ފުލުހުން އަތުލައިގަންނަމުންދާކަމަށެވެ. އެގޮތުން ބައިނަލްއަލްއަޤްވާމީ އެޖެންސީތަކާއި ރާއްޖޭގެ އެތެރޭގެ މަޢުލޫމާތުތައް ފުލުހުން ދެނެގަނެ އޭގެ ނެޓްވޯރކްތައް އަތުލައިގަންނަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މަސްތުވާތަކެތީގެ ވިޔަފާރީގެ ގިނަ ހަރަކާތްތައްވެސް ދެނެގަތުމުގެ ޤާބިލްކަން ފުލުހުންގެ ތެރޭގައި ވަރަށް ބޮޑަށް އިތުރުކުރެވިފައިވާކަމަށާއި، މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން ދެނެގަތުމުގައިވެސް ފުލުހުން ކުރިއެރުންތަކެއް ހޯދާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ކުރިއާ ޚިލާފަށް ބޭރުން އެތެރެކުރެ ޝިޕްމަންޓްތައް އަތުލައިގަތުން އެއީ އަޅުގަނޑުހިތުން ފުލުހުންގެ މަސައްކަތަށް ހޯދިފައިވާ ވަރަށް ބޮޑު ކުރިއެރުމެއް. އިންޓަރނޭޝަނަލް އޭޖެންސީތަކާއި އަދި ރާއްޖޭގެ އެތެރޭގެ މަޢުލޫމާތުތައް ދެނެގަނެ ނެޓްވޯކްތައް ދެނެގަނެ އެމީހުންކުރާ ބޮޑެތި ހަރަކާތްތައް ދެނެގަތުމުގެ ގާބިލިއްޔަތުކަން ފުލުހުންނަށް އިތުރުކުރެވިފައިވާ މިންވަރު ވަރަށް ބޯޑަށް ހާމަކޮށްދޭކަމެއް. އެއީ މިކަހަލަ ބޮޑެތި ޝިޕްމަންޓްތައް އަތުލައިިގަނެވި އެތަކެތީގައި އިންވޯލްވާ ފަރާތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުން. މިނިސްޓަރ އިމްރާން ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ މަސްތުވާތަކެތީގެނެޓްވޯކްތައް ދެނެގަނެ ހުއްޓުވުމަކީ މަސްތުވާތަކެތީގެ ވިޔަފާރިއަށް މަޑުޖެހުމެއް އަންނާނެކަމެއްކަމަށެވެ. އަދި މަސްތުވާތަކެތީގެ މައްސަލަތަކަށްވެސް ބޮޑު ބަދަލެއް އަންނާނެކަމެއްކަމަށެވެ.
ހޯމް މިނިސްޓަރ ވިދާޅުވި، މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނު 2011 ވަނަ އަހަރު އައިފަހުން އެޤާނޫނުން ލާޒިމްކުރާ ގިނަ ކަންތައްތަކެއް ނުކުރެވިހުރުމުން އެކަންކަން މިސަރުކާރުން ކުރަމުން އަންނަކަމަށެވެ. ޚާއްޞަކޮށް ޑްރަގް ރިމާންޑް ސެންޓަރެއް މިހާތަނަށް ޤާއިމްކުރެވިފައި ނެތްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އެސެންޓަރު ޤާއިމްކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަަމަށެވެ.
އޭގެ ސަބަބުންވެސް އަޅުގަނޑު ހިތުން މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށާއި އަދި ޙުކުމަކާހަމައަށް ނުވަތަ ރިހިބިލިޓޭޝަން އަމުރާހަމައަށް ނުގޮސްތިބި ކުދިން ފުލުހުންގެ ބެލުމުގެ ދަށުގައި އެންޑީއޭއާއެކުގައި ބެލެހެއްޓޭނެ އިންތިޒާމް ހަމަޖެހުނީމަ އޭގެ އަސަރު އަޅުގަނޑުހިތުން މުޖުތަމައުގެ ތެރެއިން ފެނިގެންދާނެ." މިނިސްޓަރ އިމްރާން ވިދާޅުވި އެވެ.
މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދިނުމަށް ޚާއްޞަ ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރެއް ޤާއިމްކުރުމަށްވަ 2011 ވަނަ އަހަރު އެކުލަވާލައި އަމަަލުކުރަމުން އަންނަ މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނުގައި ވަނީ ލާޒިމްކޮށްފައެވެ.
ކޮމެންޓު ފޮނުވާ