މާލޭގައި ބްރެޒިލްގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ ހަވައިނާސްގެ ފުރަތަމަ އައުޓްލެޓް މިރޭ ރަސްމީކޮށް ހުޅުވައިފިއެވެ. ހަވައިނާސްއަކީ ފެންވަރު ރަނގަޅު ފްލިޕް ފްލޮޕް ފައިވާން އަދި ދަބަސް އުފައްދާ ބްރޭންޑެއް ކަމަށްވާއިރު، މި ބްރޭންޑްގެ އުފެއްދުންތައް ރާއްޖޭގައި ލިބެން ހުންނާނީ ފިރިހެނުންނާއި، އަންހެނުން އަދި ކުޑަކުދިންނަށް އަމާޒުކޮށެވެ.
ރާއްޖޭގައި ހަވައިނާސް އޮޕަރޭޓްކުރަމުން ދަނީ ޕްރޮވިޑެންސް ޕްރައިވެޓް ލިމިޓެޑާއި ބްރެޒިލްގެ ކުންފުންޏެއް ކަމަށްވާ އަލްޕަރްގަޓަސްއާ ދެމެދު ހަދާފައިވާ ޕާޓްނަރޝިޕެއްގެ ދަށުންނެވެ.
މި ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕްރޮވިޑެންސްގެ ޑިރެކްޓަރު މުހައްމަދު ހާނީ ވިދާޅުވީ މި ކުންފުނިން ހަވައިނާސްގެ އުފެއްދުންތައް ސީދާ ބްރެޒިލްއިން އިމްޕޯޓްކުރާނެ ކަމަށާއި، އެހެންކަމުން ރާއްޖޭގައި ވިއްކާ އުފެއްދުންތަކުގެ އަގު އެހެން ގައުމުތަކަށްވުރެ ހެޔޮވާނެ ކަމަށެވެ.
"ކޮންމެ ފައިވާން ޕެއާއެއް ވެސް އުފައްދާފައި މިވަނީ ބްރެޒިލް އިން. ތަފާތަކީ ޑިޒައިން ކުރުމުގެ އިތުރުން މެނުފެކްޗާ ވެސް ބްރެޒިލް އިން ކުރުން. އަޅުގަނޑުމެން އިމްޕޯޓް މިކުރަނީ ސީދާ ބްރެޒިލް އިން. ރާއްޖޭގައި ހުޅުވި ފިހާރައިން ގްލޯބަލީ ހުރި އަގަށްވުރެ އަގުހެޔޮކޮށް އުފެއްދުންތައް ލިބޭނެ،" ހާނީ ވިދާޅުވިއެވެ.
އިތުރަށް ހާނީ ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ހަވައިނާސްގެ އުފެއްދުންތައް ރާއްޖޭގެ އެކި ރަށްތަކަށާއި ރިސޯޓުތަކަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރާނެ ކަމަށެވެ. އަދި ހޯލްސޭލްކޮށް ވެސް ވިއްކުމުގެ އިންތިޒާމުތައް ވެސް ހަމަޖެއްސޭނެ ކަމަށް ހާނީ ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، 1962 ވަނަ އަހަރު ބްރެޒިލްގައި ވުޖޫދަށް އައި ހަވައިނާސްގެ 1,000 އަށް ވުރެ ގިނަ އައުޓްލެޓް މިހާރު ދުނިޔޭގެ 100 އަށް ވުރެ ގިނަ ޤައުމުގައި ހުރިކަމާއި، މިއީ ދުނިޔޭގެ މަޝްހޫރު ބްރޭންޑެއްކަން ވެސް ފާހަގަކުރެވެއެވެ.
ކޮމެންޓު ފޮނުވާ