މަސްތުވާތަކެތި ޓްރެފިކްކުރި މީހަކަށް އުމުރުދުވަހުގެ ޖަލު ޙުކުމެއް އިއްވައިފި

މަސްތުވާތަކެތި ޓްރެފިކްކުރި މީހަކަށް އުމުރުދުވަހުގެ ޖަލު ޙުކުމެއް އިއްވައިފި

Author
ހުސައިން
20 އޭޕްރިލް 2025 08:26
0

ގދ. ހޯނޑެއްދޫ މާރަގަ، އަޙްމަދު ޝަރީފް މަސްތުވާތަކެތި ޓްރެފިކްކުރި މައްސަލައިގައި އުމުރުދުވަހަށް ޖަލަށްލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ކޯޓުން އިއްޔެ ޙުކުމްކޮށްފިއެވެ.

އޭނާގެ މައްޗަށް ދައުލަތުން ކުރި ދަޢުވާއަކީ، ފުލުހުން ޕެޓްރޯލްކުރަމުން ދަނިކޮށް، ޖޯލިފައްޗެއްގައި އިންނަ ޝަރީފްގެ އުނގުމަތިން މަސްތުވާތަކެތި ފެނުމާއެކު، އޭނާ ޗެކުކުރިއިރު އޭނާގެ ޖީބުންވެސް މަސްތުވާތަކެތި ފެނުނު މައްސަލައެވެ.

ކޯޓުން މައްސަލަ ބެލިއިރު، ޝަރީފް ދަޢުވާއަށް އިންކާރުކުރި ނަމަވެސް، މަސްތުވާއެއްޗެއްކަމަށްވާ "މެޓަމްފެޓަމިން ރެސިމޭޓް" އޭނާގެ އަތުން ފެނިފައިވާކަން ހުށަހެޅުނު ހެކި ގަރީނާތަކުން ސާބިތުވެފައިވާކަމަށް ކޯޓުން ނިންމިއެވެ.

ޙުކުމުގައި ކަނޑައެޅުނު 100،000 ރުފިޔާގެ ޖޫރިމަނާ 12 ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމަށްވެސް ކޯޓުން އަންގާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.