ކުޅުދުއްފުށީގައި މަސް ހިފަން ފޭނި 30 އަހަރުގެ ދިވެހި ޒުވާނަކަށް މިޔަރެއް ހަމަލާދީގެން ފަރުވާދޭން ފަށައިފިއެވެ. މި ޒުވާނާއަށް ލިބުނު އަނިޔާގައި އޭނާގެ ކާނަތު ކޮނޑުހުޅު ނައްޓައިގެން ގޮސްފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.
އިތުރު ބަޔަކާއެކު މަސް ހިފަން ދިޔަ ދަތުރުގައި މި ހާދިސާ ހިނގާފައިވަނީ ކުޅުދުއްފުށީ ސަރަޙައްދުގައެވެ. މިޔަރު ހަމަލާދިން ޒުވާނާ ހެނދުނު 7:00 އެހާކަށްހާއިރު ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައިވެއެވެ. އިތުރު ފަރުވާއަށް މި ޒުވާނާ މާލެ ގެންދިއުމުގެ މަޝްވަރާތަކެއްވެސް ކުރެވެމުންދާކަމަށް މަޢުލޫމާތު ލިބެއެވެ.
ފާއިތުވި މުއްދަތުގައި ރާއްޖޭގައި މިޔަރުގެ ހަމަލާތައް އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ. މިކަމާ ގުޅިގެން އެކި ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ރާއްޖޭގައި މިހާރު މިޔަރުގެ އާބާދީ ވަރަށް ބޮޑުކަމަށް މަސްވެރިންވެސް ވަނީ ފާހަގަކޮށްފައެވެ.
ކޮމެންޓު ފޮނުވާ